Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޮމަދޫން ހާލު ދެރަވެގެން މާލެ ގެނައި މާބަނޑު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އދ. އޮމަދޫން ހާލު ދެރަވެގެން މާލެ ގެނައި މާބަނޑު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

“ދެން”އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކޮމިއުނިޓީ ހެލްތް އޮފިސަރ، އަހުމަދު ނަޝީދު ވިދާޅުވީ އެ މީހާ އޮމަދޫ ހެލްތު ސެންޓަރަށް ފުރަތަމަ ގެންދިޔައީ އިއްޔެގެ މެންދުރު 12:44 ހާއިރު ބޮލުގަ ރިއްސާތީ ކަމަށެވެ. އެގޮތުން ބީޕީ ޗެކް ކުރި ކަމަށާއި ބެލި އިރު ބީޕީ ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި އެ ރަށުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މަހިބަދޫއަށް ފޮނުވައިފައި ވަނީ 3:30 ހާއިރުއެވެ.

”ހެލްތް ސެންޓަރަށް އައީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ. ދެން އައިމަ ވަގުތުން ބިޕީ ޗެކް ކުރި. ކުރި އިރު ބިޕީ ވަރަށް މަތީގަ ހުރީ. ދެން އަތޮޅު ހޮސްޕިޓަލަށް ވެސް ގުޅައިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތަށް ފަރުވާ ދެމުން ދިޔައީ. ހާލު މާބޮޑަށް ގޯސް ވާން ފެނުމުން މަހިބަދޫއަށް ފޮނުވައިލީ އިތުރު ފަރުވާއަށް” ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މަހިބަދޫގައި ވެސް އެ މީހާއަށް ފަރުވާ ދެވުނު ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވައިފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށް ވެސް ނަޝީދު ވިދާޅުވީއެވެ. އަދި މާލޭގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައި ވަނީ ރޭގެ 11:40 ހާއިރުއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް