މާލެއިން 31 މީހުންނާ އެކު މިއަދު ފައްސިވީ 233 މީހުން

ރާއްޖެއިން މިއަދު އިތުރު 233 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. އޭގެތެރެއިން 31 މީހުން ފައްސިވީ މާލެއިންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 157 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 45 މީހަކެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 73،327 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 69،031 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ނިޔާވެފައި ވެއެވެ.