ޚަބަރު

މި ސަރުކާރުން ވަނީ އަންހެނުންގެ ބައިވެރިވުމާއި ބާރުވެރިކަން އިތުރު ކޮށްދީފައި: މެމްބަރު ޔައުގޫބު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންހެނުންގެ ބައިވެރިވުމާއި ބާރުވެރިކަން މި ސަރުކާރުން އިތުރު ކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލުގެ ބަހުސާ ބެހޭ ގޮތުން އޮންލައިންކޮށް ވާހަކަ ދައްކަވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ ފާއިތުވީ ސަރުކާރުތަކާ އަޅާބަލާއިރު މިއަދުގެ ސަރުކާރުން އަންހެނުންގެ ބާރުވެރިކަމާއި އިންސާނީ ކަރާމާތް އޭގެ އެންމެ މަތީ ދަރަޖައަށް ގެންގޮސްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

"ފާއިތުވީ ސަރުކާރުތަކާ އަޅާބަލާއިރު އަދުގެ ސަރުކާރުން އަންހެނުންގެ ބާރުވެރިކަމާއި އިންސާނީ ކަރާމާތް އޭގެ އެންމެ މަތީ ދަރަޖައަށް ގެންގޮސް ދިނުމަށް މަސައްކަތް ކުރައްވާ ތަން ފެންނަމުން އެބަދޭ. އެގޮތުން ދައުލަތުގެ އެކިއެކި މަގާމުތަކަށް ބެލި ކަމުގައި ވިޔަސް އަންހެނުންގެ ބައިވެރިވުން މިއިން ޒަމާނަކު ނުފެންނަހާ މިންވަރަށް، އަންހެނުންގެ ބައިވެރިވުމާއި ބާރުވެރިކަން އިތުރު ކޮށްދީފައިވާކަމީ ދެބަސް ވެވެން ނެތް ހަގީގަތެއް" ޔައުގޫބް ވިދާޅުވިއެވެ.

މެމްބަރު ޔައުގޫބް އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރިވުން އިތުރުވީ ނަމަވެސް ހުރިހާ ސަރުކާރަކުން ވެސް އިހުމާލުވެވިފައިވާ ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ފަރާތުން ދުނިޔޭގެ އެކިއެކި ޤައުމުތަކަށް ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ 100% ނޫން ނަމަ 95% އަކީ ރާއްޖޭގެ މީހުން ދިރިއުޅޭ 180 ވަރަކަށް ރަށްތަކުގެ ތެރެއިން އެންމެ ރަށަކަށް ނިސްބަތްވާ ފަރާތްތަކެއްކަން ވަރަށް ހިތާމައަކާ ދަންނަވަން" ޔައުގޫބު ވިދާޅުވިއެވެ.

އެއީ ކޮން ރަށެއްކަން ހާމަ ނުކުރައްވައި، މިއި ހަމައެކަނި މި ސަރުކާރުން ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން މެމްބަރު ޔައުގޫބު އިތުރަށް ވިދާޅުވީ މިއީ ފެށުނީއްސުރެ ތާއަބަދު އަޅުގަނޑުމެންގެ ހާލަތު ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ވެސް މިފަދަ ކަންކަމަށް ޤާބިލު، ކުޅަދާނަ އަދި ޝައުޤުވެރިވާ ކުދިންތައް އުފެއްދެން ވާނެ ކަމަށް ވެސް ޔައުގޫބު ވިދާޅުވިއެވެ.

Ads by Ooredoo
  1. ހެހެހޭ

    ވަރަށް ސަޅި ވާހަކައެއް. ޝަރުއީ ގޮތުންނާ ޤާނޫނީ ގޮތުންވެސް އާއިލާގެ ހުރިހާ ޒިންމާއެއް ފިރިންގެ، ފިރިހެނުންގެ ބޮލުގަ އެޅިފަ، އަދި އެ ޒިންމާ ނުއުލައިފިއްޔާ، ގާނޫނީ ގޮތުން އަދަބުވެސް ލިބޭގޮތަށް އޮންނައިރު، ހުރިހާ ކަމަކުން ފިރިހެނުން ބާކީކޮށް އަންހެނުންނަށް އިސްކަންދޭތަން ފެންނަނީ. ފިރިހެނުންގެ ޙައްގުތައް ކޮބައިތޯ؟ މިހާރު ދެން ނުވެފަ އޮތް ކަމަކީ އަންހެނުން ލައްވާ އިމާމުވެ ހުކުރު ކުރުން.

  2. ޢަލީ

    ހުރިހައި ޒިންމާއެއްވެސް އަންހެނުންނަށްދީ 4 ފިރިންވެސް ހުއްދަ ކުރުމަކީ ތި މީހުންގެ އަމާޒެއްކަން އެނގޭބަޔަކުވެސް މިގައުމުގައި އެބައުޅޭ
    އިސްލާމްދީނުގައި އޮތީ މިއުންމަތަށް އެންމެ ދައިދާހުރި ގޮތްތައް ބަލާހޯދުމުންނޫނީ ސަަލާމަތްތެރިކަމެއްނެއް އިންސާނާގެ ބުއްދިއަށް ނުވިސްނޭ އެތައްކަމެއް އިސްލާމްދީން ދަސްކޮއްދެއްވި މާތްނަބިއްޔާ ދަސްކޮށްދެއްވި ބަލާހޯދާބަލަ…