ދުނިޔެ

ކޮވިޝީލްޑް ވެކްސިން ޖަހައިގެން ހުޅަނގުގެ ޤައުމުތަކަށް ދަތުރެއް ނުކުރެވޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވެކްސިން ޖަހައިފައިވާ ފަރާތްތަކަށް ހުޅަނގުގެ ޤައުމުތައް ހުޅުވައިލިޔަސް، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލް ވެކްސިން ޖަހައިފައިވާ ފަރާތްތަކަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަަކަށް ދަތުރު ކުރުމުގައި ލުއި ދީފައި ނުވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އީއޫގެ އެހެން ޤައުމުތަކަށް ޒިޔާރަތް ކުރާ އީޔޫގެ މެންބަރު ޤައުމުތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށް ވެކްސިން ޖަހައިފައިވާ ފަރާތްތަކަށް ޑިޖިޓަލް ޓްރެވެލް ފާހެއް ޖުލައި 1އިން ފެށިގެން ދޫކުރުމަށް ވަނީ ނިންމައިފައެވެ. މި ޓްރެވެލް ފާސް އޮންނަ ފަރާތްތަަކުން އީޔޫގެ އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރާއިރު ކަރަންޓީނުވާކަން ނުޖެހޭނެއެވެ. މި ފާހަކީ ކޮވިޑް-19 ވެކްސިން ޖަހައިފައިވާކަން ޔަޤީން ކުރުމުގެ ގޮތުން ދޫކުރާ ފާހެކެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެޑިސިން އެޖެންސީން ހަތަރު ވެކްސިނެއް ޖެހި ފަރާތްތަކަށް ޓްރެވެލް ފާސް ދޫކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އެސްޓްރާޒެނިކާއިން އޮކްފޯޑުގެ ފޯމިއުލާއަށް އުފެއްދި ވެކްސްޒެރްވިއާ ހިމެނުނު ނަމަވެސް، ހަމަ މި ފޯމިއުލާއަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ހިމަނައިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަޑަރް ޕޫނަވައްލާ ބުނެފައި ވަނީ ކޮވިޝީލްޑް ޖެހި މީހުންނަށް އީޔޫގެ ޤައުމުތަކުގައި ދަތުރު ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި ހުރަސްތައް ނައްތައިލުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަން ޚާރިޖީ ވުޒާރާއިން މިވަގުތު ބަލަމުންދާ ކަމަށާއި އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް އިންޑިއާގައި ކޮވިޝީލްޑް ވެކްސިން 280 މިލިޔަން މީހުންނަށް ވަނީ ޖަހައިފައެވެ. ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ވެސް ޖަހައިފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

Ads by Allied Insurance
  1. މުހައްމަދު

    ގެރި ގޮރު އަޅާފަ ހުރީމަ ކަމަށް ވެދާނެ.

  2. ޙައްވަ

    ބޮޑުން ވެސް ދެން ޔޫރަޕަށް ނާރުވާނެ ދޯ؟މިވެކްސިން ވިއްޔާޖެހީ

  3. ގަމު މީހާ

    ކޮވިސީލްޑް ޖެހުނީތީ މޮޔަހީވޭ މިހާރު، 2ވަނަ ޑޯޒް ވެސް ނުލިބި، ވެކްސިން އަރަތަކައްވެ، ވެކްސިނައް އޮތް އިތުބާރު ގެއްލިއްޖެ..