"ވެކްސިން ޕާސްޕޯޓް" އިނގިރޭސިވިލާތަށް، ކަރަންޓީނު ވާން ނުޖެހޭ އުސޫލެއް!

އިނގިރޭސިވިލާތުގައި ކަރަންޓީނުވާން ނުޖެހޭ އުސޫލެއްގެ ގޮތުގައި "ވެކްސިން ޕާސްޕޯޓް" ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
"ވެކްސިން ޕާސްޕޯޓް" ތައާރަފް ކުރުމުގެ މަސައްކަތް އެގައުމުގެ ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ދަނީ ކުރަމުންނެވެ.
"ވެކްސިން ޕާސްޕޯޓް" އަކީ ވެކްސިން ޖަހައިފައިވާ މީހެއްކަން އަންގައިދޭ ސެޓްފިކެޓެކެވެ. އެހެންކަމުން މި ސެޓްފިކެޓް އޮންނަ މީހަކު އެހެން ގައުމަކަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އަދި އެހެން ގައުމަކަށް ގޮސް އަނބުރާ އިނގިރޭސި ވިލާތަށް ދިއުމަށްފަހު ވެސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ،
މި އުސޫލަށް އަމަލު ކުރަން ފެށުމުގެ ގޮތުން އިނގިރޭސިވިލާތުން އަންނަނީ އެންމެ ފުރަތަަމަ ގްރީސްއާ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުން ގްރީސްއަށް ދާ މީހުންގެ އަތުގައި "ވެކްސިން ޕާސްޕޯޓް" އޮންނަ ނަމަ މިއަހަރުގެ މެއި މަހުން ފެށީގެން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަމަޖެހޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ޑެންމާކް، ސްޕެއިން އަދި މޯލްޓާ އިން ވަނީ އިނގިރޭސިވިލާތުގެ މި އުސޫލަށް ތާއީދު ކޮށްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.