Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ﷲގެ އިރާދަފުޅާ އެކު ހުކުރު ނަމާދު ކުރެވިގެންދާނީ މިސްކިތު ޖަމާޢަތުގައި: މިނިސްޓަރ

ﷲގެ އިރާދަފުޅާ އެކު ހުކުރު ނަމާދު ކުރެވިގެންދާނީ މިސްކިތު ޖަމާޢަތުގައި: މިނިސްޓަރ

މާތް ﷲގެ އިރާދަފުޅާއެކު މި ހަފްތާގެ ހުކުރު ނަމާދު ކުރެވިގެން ދާނީ މިސްކިތު ޖަމާޢަތުގައިކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ހަލުވިކަމާ އެކު މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން މި ސަރަޙައްދުތަކުގެ މިސްކިތްތަކުގައި ނަމާދު ކުރުން މިދިޔަ މަހު ފަހުކޮޅު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

އެއާ އެކު އެޅި އިތުރު ފިޔަވަޅުތަކަށް ފަހު، ފައްސިވަމުންދާ އަދަދުތައް މަދުވަމުން ދިޔުމާ ގުޅިގެން މި މަހު ވަނީ މިސްކިތްތަކުގައި ޖަމާޢަތް ނުހަދައި ނަމާދު ކުރެވޭނެ ހުއްދަ ދީފައެވެ.

Advertisement
Ooredoo — Square (box)

އެއަށްފަހު މިރޭ މައުލޫމާތު ލިބިފައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ވެސް ވަރަށް އަވަހަށް ފަށަން އުޅޭކަމުގެ މައުލޫމާތެވެ.

މިކަމާ ގުޅޭގޮތުން "ދެން" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރ މިރޭ ވިދާޅުވީ، މި ހަފްތާ ތެރޭގައި މިސްކިތްތަކުގައި ނަމާދު ކުރަން ފެށޭނޭ ގޮތް ހަމަޖެއްސުމަށް މިހާރު މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

"މިސްކިތްތަކުގައި ޖަމާއަތް ފަށަން ވެގެން މި ތައްޔާރު ވަނީ. ޕޮލިސީ މީޓިންގުން ޓާސްކް ފޯހުން ލުއިދޭން ވެގެން އެ ކަނޑައަޅަނީ. ބުދަ ބުރާސްފަތި ހިސާބުގައި ފެށޭނެ ކަމަށް މި ބަލަނީ. މި ހަފްތާ ތެރޭގައި ފެށޭނެ. ﷲގެ އިރާދަފުޅާ އެކު ހުކުރު ނަމާދު ކުރެވިގެންދާނީ މިސްކިތު ޖަމާޢަތުގައި" މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން އަނެއްކާ ވެސް ފެށޭނެތޯ ވީހާ ވެސް އަވަހަށް ބަލަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް