ޚަބަރު

ކާފިއު ގަޑި ރޭގަނޑު 8އިން ފަތިހު 4އަށް ކުޑަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކާފިއު ގަޑި ރޭގަނޑު 8އިން ފަތިހު 4އަށް ކުޑަކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް، މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މި ކާފިއު ވަގުތު ކުޑަކޮށްފައި ވަނީ ސިއްހީ މާހިރުންގެ ލަފައާ އެކު ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން މިދިޔަ މަހު ރައީސް އޮފީހާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މާލެ ސަރަޙައްދުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ބޮޑުތަނުން ކޮންޓްރޯލު ވެފައިވާތީ ސަރުކާރުން މިއަދު އިއުލާނުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފައިވާ ކަމަށެވެ.

މާލެ ސަރަޙައްދަށް ދޭން ނިންމައިފައިވާ ލުއިތަކަށް ބަލާއިރު ކާފިއު ގަޑި ކުޑަ ކުރުމުގެ އިތުރުން، ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް 2 މަސް ނުވާ ނަމް ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ދީފައިވުމުގެ އިތުރުން ކެފޭ ރެސްޓޯރަންޓުތައް ވެސް ވަނީ ޑައިން-އިން ޚިދުމަތް ދެވޭގޮތަަށް ހުޅުވައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!