Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފާސް ނުލައި ރޭގަނޑު 8 ޖަހަންދެން ބޭރުގައި އުޅެވޭނެ

ފާސް ނުލައި ރޭގަނޑު 8 ޖަހަންދެން ބޭރުގައި އުޅެވޭނެ

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ދިން ލުޔާއެކީ ކާފިއު ނޫން ވަގުތު ތަކުގައި ފާހަކާ ނުލައި ބޭރުގައި އުޅެވޭނެކަން ސަރުކާރުން ހާމަ ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމަވައިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މި ލުއިތައް ދޭން ނިންމަވައިފައި ވަނީ ބަލި ޖެހޭ މީހުންގެ އަދަދު ދަށްވުމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކާފިއު ވަގުތު މިހާރު ވަނީ ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކުރު ކުރަން ނިންމައިފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ކުރިން ބޭނުން ކުރި ޚާއްސަ ހުއްދަ ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް މިއަދު ދިން ލުއިތަކުގެ ތެރޭގައި ކޮވިޑް-19ޖެހިތާ ދެ މަސް ނުވާނަމަ ކަރަންޓީނަކާ ނުލައި ރަށަށް ދެވޭ ގޮތަށް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް