Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިހާރު ކަރަންޓީންގައި ތިބި ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ

މިހާރު ކަރަންޓީންގައި ތިބި ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ

ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާ ފަރާތްތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީން ވާން ނުޖެހޭ ގޮތަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފެށި ކަމުގައި ވިޔަސް، މިވަގުތު ކަރަންޓީންގައި ތިބި ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ދެން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ޖުލައި އެކެއްގެ ކުރިން ރަށްރަށަށް ދަތުރުކޮށް، މިވަގުތު ކަރަންޓީންގައި ތިބި ފަރާތްތައް މިހާރުގެ އުސޫލުގައި އޮންނަ ގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާ ފަރާތްތަކުން ވެސް، މި މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ކަރަންޓީން ވުމަކާ ނުލާ މި ފަރާތްތަކަށް ދަތުުރު ކުރެވެނީ ޖުލައި އެކެއްގެ ފަހުން ރަށްރަށަށް ދަތުރު ކުރާއިރުގައެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިހާރު އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދެއްވައިފައެވެ. މިގޮތުން ބައްޔަށް ފައްސިވާ ދުވަހުން ފެށިގެން ދެ މަސް ނުވާ ފަރާތްތަކަށް ކަރަންޓީނަކާ ނުލާ ރަށްރަށް ދަތުރު ކުރެވުމާއި މާލެ ސަރަަހައްދުގެ މިސްކިތްތަކާއި ރެސްޓޯރެންޓް/ކެފޭތައް ހުޅުވާލުމާއި ކާފިއު ވަގުތު ކުޑަ ކުރުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް އިން ރަނގަޅުވެފައިވާ މީހުންނަށް ލުއިތަކެއް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް އަދި ދީފައިނުވާއިރު ޖުލައި މަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެނަމަ، އެ ފަރާތްތަކަށް ވެސް ލުއިތަކެއް ދެވޭނެ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް