ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތައް ހޯދައި ހައްޤު އަދަބު ދެއްވާނެ : އިކްރާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނިރުބަވެރި ހަމަލާ ދިން މީހުން ހޯދައި އެ މީހުންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޙައްޤު އަދަބު ދެއްވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މެމްބަރު އިކްރާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިން ފަރާތްތައް ހޯދައި ޙައްޤު އަދަބު ދިނުމަށް ރައީސް ޞާލިޙް ކުރައްވާ މަސައްކަތްތަކާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ އެ މައްސަލާގައި 8 މީހެއްގެ ތަހުގީގު ހިންގަމުން ދާ ކަމަށާއި 4 މީހެއްގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

މި ހަމަލާއާ ގުޅޭ ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ވެސް ހާމަކޮށްފައެވެ. އެއީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ފާތިހު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ.)އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!