Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑރ. އިޔާޒްގެ ދިފާއުގައި އަލީ ޙުސެއިން: ޚިޔާލު ފާޅުކޮށްގެން ފިޔަވަޅު އެޅިގެން ނުވާނެ

ޑރ. އިޔާޒްގެ ދިފާއުގައި އަލީ ޙުސެއިން: ޚިޔާލު ފާޅުކޮށްގެން ފިޔަވަޅު އެޅިގެން ނުވާނެ

ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު، ކުރެއްވި ޓްވީޓަކާ ގުޅިގެން ޤައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރކަމުގެ މަގާމުން އެމަނިކުފާނު ވަކި ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސެއިން ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ 27 ވަނަ މާއްދާގެ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމުގައެވެ.

"ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ." އަލީ ޙުސެއިން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/AleeVoice/status/1411037917644935169?s=20

މި މަހުގެ 1 ވަނަ ދުވަހު އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒް ވަކި ކޮށްފައި ވަނީ، އަންހެން ކުދިން ޚިތާނު ކުރުމާ ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓަކާ ގުޅިގެން، އެއީ ޑރ. އިޔާޒް ހިތްވަރުދޭ ކަމެއް ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެސް ހުށަހަޅައިފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރަކު އަންހެންކުދިން ޚިތާނުކުރުމަށް ގޮވައިލާ ވަކާލާތު ކުރާ މީހެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް