ކޮވިޑް-19: އައްޑޫސިޓީ ހިތަދޫގައި ކަރަންޓީނުގައި ނެތް ދެ މީހަކު ފައްސިވެއްޖެ

އައްޑޫސިޓީ ހިތަދޫގައި ކަރަންޓީނުގައި ނެތް ދެ މީހަކު ފައްސިވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިތަދޫން ފައްސި ވެފައިވަނީ ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކި ދެ ފިރިހެނުން ކަމަށެވެ.
"ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ފައްސި ވެފައި ވަނީ. މިހާރު އެދެމީހުން ވަނީ އައިސޮލޭޓް ކުރެވިފަ. ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން ދަނީ" ޞާދިޤު ވިދާޅުވިއެވެ.
ހިތަދޫން ކަރަންޓީންގައި ނެތް ދެ މީހަކު ފައްސިވިއިރު، އެ ސިޓީގެ ހުޅުމީދޫ ސައިޓަކުން 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.