Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަފްރަތުގެ ބިލަކީ ރަތް ރޮނގެއް: ޒައިދު

ނަފްރަތުގެ ބިލަކީ ރަތް ރޮނގެއް: ޒައިދު

އިސްލާމީ އުސޫލްތަކާ ޚިލާފަށް ހަދަން އުޅޭ ނަފްރަތުގެ ބިލަކީ ރަތް ރޮނގެއްކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގައިވާ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅައިފައިވާ ބިލާ ގުޅޭ ގޮތުންނެވެ.

ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ނަފްރަތުގެ ބިލާ ދެކޮޅަށް މުޅި ގައުމު ތެދުވަން ޖެހޭ ކަމަަށާއި އިސްލާމީ ހުކުމްތަކަށް ޝައްކު އުފައްދާ ގައުމު ބައިބައިވާގޮތަށް މަގުފަހިވެފައިވާ ބިލް އިސްލާހު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ބަސް އަހަން ޖެހޭ ކަމަށެވެ.

Advertisement
HDC — Sidebar (box)
https://twitter.com/alizaid1000/status/1411246414001098755?s=21

މި ޓްވީޓަށް ކޮމެންޓު ކުރައްވަމުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވީ އެ ބިލަކީ ޝައިތާނީ ބިލެއް ކަމަށާއި އެ ބިލު އިސްލާހު ނުކޮށް ފާސް ކުރަން މަޖިލީހުގައި ތިބި ހަރުކަށި ފިކުރުގެ މެންބަރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ހިސާން ހުށަހެޅި އެ ބިލްގައިވާ ގޮތުން ދީނަށް ޖޯކް ޖަހާ މަލާމާތް ކުރާ މީހުން ރައްކާތެރި ކުރެވި އެ ފަދަ މީހުންނާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުންނަށް އަދަބު ލިބުމުގެ މަގު ވަނީ ތަނަވަސް ކޮށްފައެވެ. ބިލުގެ މިބަޔަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް