ފޯޖަރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފި

ފޯޖަރީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމައްސަލައިގައި ހައްޔަރު ކުރި ފުލުސްމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހު ބަހައްޓައިގެން މަައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.