ޚަބަރު

ޕްރެޝަރު އިތުރުވުމުން ނަފްރަތުގެ ބިލް އެޖެންޑާއިން ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.

Ads by MWSC

މިއަދުގެ ޖަލްސާއަށް އެ ބިލު އެޖެންޑާ ކޮށްފައި ވަނީ ކޮމެޓީން މިދިޔަ ހަފްތާގައި ބިލްގެ މަސައްކަތް ނިންމުމުންނެވެ. ނަމަވެސް އެ ބިލަށް އިއްޔެގެ ވަގުތެއްގައި ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައެވެ.

އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެ އިސްލާހުތައް ހުށައެޅުއްވީ ސަރުކާރުން އެދުނު ގޮތަށް ކޮމެޓީ މަރުހަލާގައި ބަދަލު ނުގެނެސް ބިލްގެ މަސައްކަތް ނިންމުމުންނެވެ.

"ހިސާނުގެ ބިލު" ނުވަތަ "ނަފްރަތުގެ ބިލު" ގެ ނަމުގައި މިހާރު މަޝްހޫރުވެފައިވާ މި ބިލަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކެއް އިސްލާމިކް މިނިސްޓްރީއާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ހުށައެޅިއެވެ. ނަމަވެސް އެ އިސްލާހުތައް ގެނައުމުގެ ނަމުގައި ބިލްގެ ބައެއް މާއްދާތައް އުނިކޮށް ބިލް ކުރީން އޮތް ގޮތަށް ވުރެ ވެސް ވަނީ ގޯސްކޮށްފައެވެ.

މެމްބަރު ޔައުގޫބު އިއްޔެ ހުށައަޅުއްވައިފައި ވަނީ ބިލުގެ ފުރަތަމަ މާއްދާއިން ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވައިލުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

މީގެއިތުރުން އެ އިސްލާހުގައި ބުނެފައިވަނީ "މުރުތައްދުވުން" ކަމަށް ބުނެފައި ވަނީ ވަނީ އަހްލުއްސުންނަ ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއްކަމާ މެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށެވެ.

މިއީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އިސްލާމިކް މިނިސްޓްރީން ހުށައަޅާފައިވާ އިސްލާހުތައް ހިމަނައިގެން ހުށައެޅި އިސްލާހެކެވެ.

މި އިސްލާހުތައް ހުށަހެޅިއިރު މަޖިލީހުގެ ރިޔާސަތުން ނިންމަވައިފައި އޮތީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ ބިލް ހިމަނައި ވޯޓަށް އަހާށެވެ. ނަމަވެސް ސަރުކާރަށް ވަފާތެރި މެންބަރުން ވަނީ އެކަމަށް ހުރަސް އަޅުއްވައިފައެވެ. އަދި އެ ޕްރެޝަރުތަކާ ގުޅިގެން މިހާރު ވަނީ ހިސާނުގެ ބިލު މިއަދުގެ އެޖެންޑާއިން ނަގައިފައެވެ.

Ads by Allied Insurance
  1. ފަސްފަހެތިން ފަޑައި

    ފޮޓޮއިން އެފެންނަ މީހެއް ދޯ.ފެންވެރި ބާ މި އިން ޒަމާނަކު.

    • ފަޑަ މައްޗައް ފަޑަ

      ޙަހަހަހަހަހަހަހަ