Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަލަށް ލިބުނީ ކޮވިޝީލްޑްގެ 60 ހާސް ޑޯޒް: މަބްރޫކް

އަލަށް ލިބުނީ ކޮވިޝީލްޑްގެ 60 ހާސް ޑޯޒް: މަބްރޫކް

ކޮވިޑް19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިން ހުސްވެ ރާއްޖެ ކޮވިޝީލްޑް ވެކްސިނަށް ޖެހިފައިވަނިކޮށް މިދިޔަ ހަފްތާގައި އަލަށް ލިބުނު ކޮވިޝީލްޑް ވެކްސިންގެ ސްޓޮކްގައި ވަނީ 60 ހާސް ޑޯޒް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިންނަކީ އިންޑިޔާގެ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވެކްސިން ސަޕްލައި ލިބުން ދަތިވެ, މޭ މަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން ރާއްޖޭގައި ވަގުތީ ގޮތުން ހުއްޓައިލިއެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ކޮވިޝީލްޑްގެ އިތުރު ސްޓޮކެއް ލިބި އަލުން ވެކްސިން ޖަހަން ފަށައިފައި ވަނީ އެޕޮއިންޓްމަންްޓް ދޫކޮށްގެންނެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ލިބިފަައި ވަނީ 60 ހާސް ޑޯޒްކަމަށާއި އަދި އިތުރު ސްޓޮކް ލިބޭނެކަމުގެ ޔަގީން ކަން ލިބިފައިވާކަމަށެވެ. އަދި މިފަހަރު ކޮވިޝީލްޑް ސްޓޮކް ހަދިޔާ ކޮށްފައި ވަނީ ހެޔޮ އެދޭ ފަރާތަކުން ކަމަށާއި އެފަރާތުގެ ނަން ހާމަކުރަން ބޭނުން ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު މިވަގުތު ވެކްސިން ހުރި އަދަދަކީ 60,000. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޝިޕްމަންޓްތައް ލިބެމުން ދާނެ ކަމަށް, އަދި ވެކްސިން ޕްރޮގްރާމް ހުއްޓުމަކާ ނުލައި ކޮންޓިނިއު ކުރެވޭނެކަމަށް އަންދާޒާ ކުރެވެނީ.މި ހަފްތާގައި ރާއްޖެއަށް ލިބުނު ކޮވިޝީލްޑުގެ ސްޓޮކު ރާއްޖެއަށް ހަދިޔާކުރި ފަރާތަކީ ކޮބައިކަން ހާމަކުރަން އެފަރާތުން ބޭނުމެއް ނުވޭ" މަބްރޫކް މިއަދު ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭގެ ލިންކް book.hpa.gov.mv އަށް ދިޔުމަށް ފަހު ވެކްސިން ޖަހަން ބޭނުންވާ މީހާއާ ބެހޭ މައުލޫމާާތު ފުރިހަމަ ކުރުމަށާއި އެއަށް ފަހު އެޕޮއިންޓްމަންޓް ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Advertisement
Ooredoo — Square (box)
ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު އަދި ހުޅުވައިލައިފައި ވަނީ މި 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗް މަހު ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ މީހުންނަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް