ނަފްރަތުގެ ބިލާ މެދު މިއަދު ގޮތެއް ނިންމަނީ!

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުމަށް ހުށަހެޅި ބިލު މިއަދުގެ ޖަލްސާއަށް ތާވަލު ކޮށްފިއެވެ.
މަޖިލީހުގެ މަސައްކަތްތައް އިތުރުވުމާ އެކު މި ދައުރު، މިއަދުގެ ނިޔަލަށް ދަންމައިލައި މިއަދުގެ 14:00އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް މުހިންމު އެތައް ކަމެއް ވަނީ ތާވަލު ކޮށްފައެވެ.
އެގޮތުން ކޮމިޓީން ހުށަހަޅާ މައްސަލަ ތަކުގެ ތެރޭގައި ނަފްރަތު ބިލުގެ މައްސަލައާއި އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުން ހިމެނެއެވެ. އަދި މި ކޮމިޓީތަކުގެ ބަހުސްތައް މިއަދު ނިންމުމަށް ފަހު ވޯޓުލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމިޓީން މި ބިލަށް ގެނައި ބަދަލުތަކާ އެކު ދީނީ އިލްމުވެރިން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ފިޔަވައި އެހެން ޕާޓީތަކުން އެ ބިލަށް ތާއީދު ނުކުރާނެކަން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަމަށް ވުމުން އެ ޕާޓީއަށް މި ބިލް ފާސްކުރުމުގެ އިޚްތިޔާރު ލިބިފައި ވެއެވެ.