Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

12 އަހަރުން މަތީގެ ކުޑަ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދީފި

12 އަހަރުން މަތީގެ ކުޑަ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދީފި

އުމުރުން 12 އަހަރުން މަތީގެ ކުޑަ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ރާއްޖެއިން ވެސް ދީފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމަށެވެ. އެ ޖަމިއްޔާއިން އެ ހުއްދަ ދިނުމާ އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ ރާއްޖޭގައި ވެސް ވަނީ އެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން އިއްޔެ ނިންމައިފައެވެ.

ނަމަވެސް ރާއްޖޭގައި ފައިޒާ ވެކްސިން ހުރީ ވަރަށް މަދުންނެވެ. މީގެ އިތުރުން އެއްވެސް ތަނަކުން ފައިޒާ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އަދި ލިބިފައި ނުވާ ކަމަށް ޑރ. ނަޒްލާ ރަފީޤް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މިހާރު ވެކްސިން ނުދެވި ތިބީ 17 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.

ވެކްސިން ދެމުން އަންނަ ބޮޑެތި ގައުމުތަކުގައި ވެސް މިހާރު އެންމެ ގިނައިން ބައްޔަށް ހުށަހެޅުމުން ދަނީ ވެކްސިން ނުދޭ އުމުރުފުރާގެ ކުޑަ ކުދިންކަމާއި އެ ބިރުވެރިކަން ރާއްޖޭގައި ވެސް އޮތްކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް