ޚަބަރު

ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންނަށް ގައުމީ ފެންވަރުގައި އަގު ވަޒަން ކުރުމަށް ފާސް ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މާލޭގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވި ޑޮކްޓަރުންގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރުމަށް ރައްޔިތުން މަޖިލީހުން ރޭ ފާސް ކޮށްފިއެވެ.

Ads by Sosun Fihaara

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގައިފައިވާ ޕާލިމެންޓްރީ އިންކުއަރީގެ މަސައްކަތް ނިމުނު ގޮތުގެ ރިޕޯޓު ރޭ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި, މެމްބަރުން އެ ރިޕޯޓަށް ބަހުސްކޮށްފައި ވެއެވެ.

އެ ރިޕޯޓަށް ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައި ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ހަރަކާތްތެރިވި އެންމެހާ ޑޮކްޓަރުންގެ ހާއްސަ ޓީމާ މެޑިކަލް އޮފިސަރުން ދެއްކެވި ހިތްވަރާ އިހުލާސްތެރިކަމާއި ދެއްކެވި ގާބިލިއްޔަތާ ވާޖިބުުގެ އިތުރުން މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެ ބޭފުޅުން ދެއްކެވި ސާބިތުކަން ގައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 58 މެމްބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ވޯޓު ދެއްވައިފައެވެ.

ރައީސް ނަޝީދަށް ލިބުނު ހަމަލާގައި އެމަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭގައި ހަރަކާތްތެރި ވި އެންމެހާ ޑޮކްޓަރުން ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނަށް ލިބިފައިވާ ގެއްލުންތައް ތަފްސީލުކޮށް މީޑިއާތަކަށް ކިޔައިދީފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!