Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހއ އިން ކ އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފި

ހއ އިން ކ އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، މިއަދު ހަވީރު 5:00 އިން ރޭގަނޑު 9:00 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވާ ކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، އެ ވަގުތު ތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް