Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޮމެއް އޮތް ކަމަށް ބުނި މީހާ ބަންދުކޮށް، ދެން ހުރި މީހާ ދޫކޮށްލައިފި

ބޮމެއް އޮތް ކަމަށް ބުނި މީހާ ބަންދުކޮށް، ދެން ހުރި މީހާ ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދިރިއުޅުއްވާ ގެކޮޅު މުލިއާގެ ކައިރިން ދަމުން ބޮމެއް އެބައޮތް ކަމަށް ބުނުމުން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

“ދެން” އަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހުން ހައްޔަރު ކުރީ މުލިއާގެ ކައިރިއަށް ދިޔަ 2 މީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި މީހާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މައުލޫމާތު ލިބޭ ގޮތުގައި، މި ދެ މީހުން ތެރެއިން އެކަކު، ބޮމެއް އޮތް ކަމަށް ބުނީ ސެކިއުރިޓީއަށް ހުރި ސިފައިންގެ މީހަކު ބަލަން ފެށުމުން އެ މީހާއާ ދިމާލަށެވެ. އަދި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް