ޚަބަރު

މިއަދު ވެސް މޫސުން ގޯސް، ކަނޑުދަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް އަންގައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މޫސުން ގޯސްވުމުގެ ސަބަބުން އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ، މިއަދު ހެނދުނު 8:00 އިން ފެށިގެން 12:00 އަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގާތްގަނޑަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގާތްގަނޑަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވިދާޅުވީ، ރާޅުގެ އުސްމިނުގައި5 - 8 ފޫޓު (އުތުރު، މެދުރާއްޖެތެރެ) 3 - 5 ފޫޓް (ދެކުނު) ހުންނާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ދަތުރުފަތުރު ކުރާ ފަރާތްތަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!