ދުނިޔެ ޔޫރަޕް

ޑެލްޓާ ވައިރަހުން އަރައިގަނެވޭނީ އާބާދީގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްގެން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިހާރު ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުން އަންނަ، އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ޑެލްޓާ ވައިރަސް ވަރަށް ހަލުވި ކަމަށާއި ވައިރަހުން ރައްކާތެރިވެވޭނީ އާބާދީގެ 95 އިންސައްތައަށް ވެކްސިން ދެވިގެން ކަމަށް ފްރާންސްގެ ސަރުކާރަށް ލަފާދޭ ސައިންސްވެރިންގެ ޕެނެލަކުން ސަރުކާރަށް ލަފާދީފިއެވެ.

Ads by WAMCO

ފްރާންސްގެ ސަރުކާރުގެ ތަރުޖަމާނު ގަބްރިއަލް އަތަލް ވިދާޅުވީ ސަރުކާރުން ކުރިޔަށް އޮތް މަހުގައި ދޭން ނިންމައިފައި އޮތް ލުއިތައް ފަސްކޮށްލަން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު އެ ޤައުމުގައި ހަރަކާތްތެރި ވޭދަނަތަކުގެ ތެރެއިން 40 އިންސައްތައަކީ ޑެލްޓާ ވޭރިއަންޓް ކަަމަށާއި ހަތަރުވަނަ ރާޅަކަށް ދާން ބޭނުން ނޫން ނަމަ ވެކްސިން ޖެހުމަށް ސައިންސްވެރިން ލަފާ ދޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑެއް ނޫން، ކަމުގެ މާހިރުން އެ ވިދާޅުވަނީ ވެކްސިން ނުޖަހާ ނެތޭ ސަލާމަތް ވެވޭކަން. އެންމެ މަދުވެގެން އާބާދީގެ 90 ނޫނީ 95 އިންސައްތަ މީހުންނަށް ވެކްސިން ޖަހަން އެބަޖެހޭ. ނޫނީ ޑެލްޓާ ވޭރިއަންޓުން ނެތް ސަލާމަތެއް" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަބްރިއަލް ވިދާޅުވިއެވެ.

ފްރާންސްގައި މިހާތަނަށް ވެކްސިންގެ އެއް ޑޯޒް ޖަހައިފައިވަނީ އާބާދީގެ 50 ޕަސެންޓު މީހުންނެވެ. އަދި 40 ޕަސެންޓު މީހުން ވަނީ ދެ ޑޯޒް ޖަހައިފައެވެ. ސަރުކާރުގެ އަމާޒަކީ އާބާދީގެ 75 ޕަސެންޓު ނުވަތަ 35 މިލިއަން މީހުންނަށް އޯގަސްޓް ނިމުމުގެ ކުރިން ދެ ޑޯޒް ދިނުމެވެ.

ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ނުވެއްޖެ ނަމަ ޤާނޫނުން މަޖުބޫރުކޮށްގެން ވެކްސިން ދޭން އެ ޤައުމުން ދަނީ ވިސްނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!