Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ، ކޮވިޑް ނެތް ރަށްރަށުގައި ބޮޑު ޖަމާއަތް ހެދިދާނެ

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ، ކޮވިޑް ނެތް ރަށްރަށުގައި ބޮޑު ޖަމާއަތް ހެދިދާނެ

މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގައި ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ެިއިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް “ދެން”އަށް ވިދާޅުވީ މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް މިއަހަރުގެ ބޮޑު އީދު ނަމާދު ކުރަން ނިންމައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރަން އެ ރަށަކުން ބޭނުން ނަމަ ފުރުސަތު ދެވޭނެކަމަަށެވެެ.

Advertisement
HDC — Sidebar (box)

ކޮވިޑާ ގުޅިގެން މިއަހަރުގެ ފިތުރު ޢީދު ނަމާދު ވެސް މި ރަށުގައި ކޮށްފައެއް ނުވެއެވެ. ކޮވިޑް މާބޮޑަށް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލިއެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާ އެކު އަނެއްކާ ވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް