ދުނިޔެ

އިންޑިއާއިން އެންމެ ފުރަތަމައަށް ކޮވިޑް ޖެހުނު މީހާ އަނެއްކާ ވެސް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވައްޓެރި އިންޑިއާގައި އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މީހާއަށް އަނެއްކާ ވެސް އެ ބަލި ޖެހިއްޖެއެވެ.

Ads by Sosun Fihaara

ކެރަލާގެ ތްރިސޫރްއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އަންހެނެއް ކަމަށެވެ.

"އެމީހާއަށް އަނެއްކާ ވެސް ވަނީ ކޮވިޑް-19 ޖެހިފަ. އޭނަގެ އާރްޓީ-ޕީސީއާރް މި ބައްޔަށް ފައްސި، އެންޓިގެން ނައްސި." ނޫސްވެރިންނަށް މައުލޫމާތު ދެމުން ތްރިސޫރް ޑިސްޓްރިކްޓް މެޑިކަލް އޮފިސަރ ޑރ. ކޭ ޖޭ ރީނާ ބުނެފައިވެއެވެ.

ޑރ. ރީނާ ބުނީ އެ އަންހެން މީހާ ކޮވިޑް-19އަށް ޓެސްޓު ކުރީ ކިޔަވަން ނިއު ދިއްލީއަށް ދަތުރު ކުރަން ވެގެން ކަމަށެވެ. އަދި ބައްޔަށް ފައްސިކަން ހާމަވުމުން އޭނާ މިހާރު ހުރީ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

އިންޑިއާގެ އެ އަންހެން މީހާ އެންމެ ފުރަތަމަ ކޮވިޑް-19އަށް ފައްސި ވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު އޭނާ ހުރީ މި ބަލި އެންމެ ގަދަޔަށް އެންމެ ފުރަތަމަ ފެތުރުނު ޗައިނާގެ ވުހާންގައި، މެޑިސިން ކިޔަވަން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެއްވެސް ރިޕޯޓެއްގައި ނަން ހާމަ ކޮށްފައި ނުވާ އެ އަންހެން މީހާ ކޮވިޑް-19އަށް އެންމެ ފުރަތަމަ ފައްސިވީ ޗައިނާގެ ވުހާންގައި މެޑިސިން ކިޔަވަން ހުރުމަށް ފަހު އިންޑިއާއަށް އެނބުރި ދިޔަތާ ދެ ހަފްތާ ފަހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!