ޚަބަރު

ޖުލައި 18އިން 31އަށް ސަރުކާރު ބަންދު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ހިނގާ ޖުލައި މަހުގެ 18 އިން 31އާ ހަމައަށް ސަރުކާރު ބަންދު ކަމަށް ކަނޑައަޅައިފިއެވެ.

Ads by MWSC

މި ގޮތަށް ކަނޑައަޅައިފައި މި ވަނީ، މި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމެވުމުންނެވެ.

ރައީސް ޞާލިޙް މިގޮތަށް ހަމަޖައްސަވައިފައި މި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގައި ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!