ރައީސް ޞާލިޙް، ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވައިފި

<span style="-webkit-tap-highlight-color: rgba(0, 0, 0, 0);">ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. </span>
ރައީސުލް ޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އެކުވެރި، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާއެކު ފޯނުން، ކޮވިޑާ ގުޅުން ހުރި އެތައް މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
އެގޮތުން ކުރެވުނު މަޝްވަރާގެ ތެރޭގައި ރާއްޖެއާއި އިންޑިއާއަށް ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމާ ގުޅުން ހުރި މަޝްވަރާތަކުގެ އިތުރުން ދެ ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެއްވި ކަމަށް ރައީސް ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހާއެކު ކުރެއްވި މަޝްވަރާއަށް ފަހު މޯދީ ވިދާޅުވީ، އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާ އެކުގައި ކަމަށާއި، ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.






ކޮމެންޓް