ޚަބަރު

ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސެންސް ނެގޭނެ ކަމަށް ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
MV Police service
ދެން އިމޭޖްސް

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުން ނިންމައިފިއެވެ.

Ads by MWSC

ލައިސެންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވައި އެތައް ބަޔަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެގޮތަށް ޖޫރިމަނާ ކުރުމުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުން ގިނަ އަދަދަކަށް އެބަތިއްބެވެ.

އެއްގަމު އުޅަނދުފަހަރުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކޮށްގެން ނޫން ގޮތަކަށް އެ މީހުންނަށް ލައިސަންސް ނުނެގެއެވެ.

އެކަމާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ފެންމަތިވުމުން، މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އާގަވާއިދުގައި ބުނެފަައި ވަނީ ލައިސަންސް ނުނަގައި ދުއްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އަލަށް ލައިސަންސް ނެގޭނެ ކަމަށެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މާފު ކުރެވޭނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ މަތިވެފައިވާ މީހުންނަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!