Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންމެ އެންޓިބައޮޓިކަކަށް ނޫނީ ނުގުޑާ ޖަރާސީމު ރާއްޖޭން ވެސް ދަނީ ފެންނަމުން: ޑރ. ފައިސަލް

އެންމެ އެންޓިބައޮޓިކަކަށް ނޫނީ ނުގުޑާ ޖަރާސީމު ރާއްޖޭން ވެސް ދަނީ ފެންނަމުން: ޑރ. ފައިސަލް

އެންމެ އެންޓިބައޮޓިކެއް ފިޔަވައި އެހެން އެއްޗަކަށް ނުގުޑާ ޖަރާސީމު ރާއްޖޭން ވެސް ދަނީ ފެންނަމުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ވަރުގަދަ ޖަރާސީމަކުން ކުޑަކުދިންތަކަކަށް ނިއުމޯނިއާ ޖެހިގެން މިދިޔަ މަހު އުޅުނުކަމަށާއި އެކަމަށް ބޭސް ރާއްޖެއިން ނުލިބުނު ކަމަށެވެ.

"އެންމެ އެންޓިބައޮޓިކެއް ފިޔަވައި އެހެން އެއްޗަކަށް ނުގުޑާ ޖަރާސީމު ރާއްޖޭން ވެސް ދަނީ ފެންނަމުން މިކަހަލަ ވަރުގަދަ ޖަރާސީމަކުން ނިއުމޯނިއާ ޖެހިގެން މިދިޔަމަހު ވަރަށް ހާލުގައި ކުޑަކުދިން އުޅުނު އެ ނައްތާލަން ދޭ ބޭސް އެހެންގައުމަކުން ގެންނަން ޖެހުނީ ބޭކާރުގޮތުގައި އެންޓިބައޮޓީކް ބޭނުން ނުކުރަމާ!" ޑރ. ފައިސަލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/Faisalnaifaru/status/1416412374710558720

ކޮވިޑް ޖެހޭ ކުޑަކުދިންނަށް ވެސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރު ފައިސަލްއަކީ އަބަދުވެސް ރައްކާތެރިކަމުގެ މައުލޫމާތު ޓްވިޓާގައި ހިއްސާ ކުރައްވަމުން އަންނަ ޑޮކްޓަރެކެވެ. މިގޮތުން ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ކުޑަކުދިންނަށް ފަރުވާ ދޭނެ ގޮތާއި ކުޑަކުދިން ރައްކާތެރި ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ސޯޝަލް މީޑިޔާގައި ޑރ. ފައިސަލް ގެންދެވީ ހިއްސާ ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް