ދުނިޔެ

ބްލެކް ފަންގަސް ޖެހިގެން އިންޑިއާއިން 4،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
An attendant is seen next to a patient who recovered from the Covid-19 coronavirus and now infected with Black Fungus, a deadly fungal infection at the Netaji Subhash Chandra Bose Medical College in Jabalpur on May 21, 2021. (Photo by Uma Shankar MISHRA / AFP) (Photo by UMA SHANKAR MISHRA/AFP via Getty Images)

ނުރައްކާތެރި ބައްޔެއް ކައމުގައިވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ޖެހިގެން އަވަށްޓެރި އިންޑިއާ އިން 4،300އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ހެލްތު މިނިސްޓަރު މަންސުކް މަންދަވިޔާ މިއަދު ވިދާޅުވީ އެ ޤައުމުން މިހާތަނަށް 45،374 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށް އަދިވެސް ގެންދަނީ ފަރުވާ ދެމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ މަހަރާޝްތުރައާއި ގުޖްރާތުގައެވެ. އެ ދެ އަވަށުން 1،785 މީހަކު މަރުވެފައި ވެއެވެ.

ބައެއް ސިއްޙީ މާހިރުން ބުނެފައިވާ ގޮތުގައި އިންޑިއާގައި މި ބަލި ފެތުރުން އިތުރު ވެފައި މިވަނީ އެ ޤައުމުގައި ހަކުރުބަލި ޖެހިފައި ތިބި މީހުން ގިނަކަމުންނެވެ.

"ހަކުރު ބަލި ވަރަށް ބޮޑަށް ހުންނަ މީހުންނަށް ބްލެކް ފަންގަސް ޖެހުން ވަރަށް ގާތް. އިންޑިއާގައި އެ ބަލި ތަހައްމަލު ކުރަމުންދާ މީހުން ވަރަށް ގިނަ" ޔުނިވާސިޓީ އޮފް މެންޗެސްޓާރގެ އެކްސްޕާޓް އިން ފަންގަލް އިންފެކްޝަން ޑރ. ޑޭވިޑް ޑެނިން ބުނެފައިވެއެވެ.

ނަމަވެސް އިތުރު ކަންތައްތަކުގެ ސަބަބުން ވެސް ބްލެކް ފަންގަސް ފެތުރި ދާނެ ކަމަށާއި އެހެން ޤައުމުތަކުގައި ވެސް މި ބަލި ފެތުރޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް މަދުވެގެން 38 ޤައުމެއްގައި "މިއުކޯމައިކޯސިސް" ނުވަތަ ބްލެކް ފަންގަސް ފެތުރިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އެންމެ ގިނަ ވޭދަނަތައް ރިޕޯޓު ކޮށްފައި ވަނީ އިންޑިއާގެ އިތުރުން ޕާކިސްތާނުންނެވެ.

މި ނުރައްކާތެރި ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ދަށްކޮށްލާ، ލޮލުގެ ފެނުމަށް ވެސް އަސަރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މި ފަންގަހުގެ އަސަރު ކޮށްފައި ހުންނަ ލޯ ބައެއް ފަހަރު ނަގަން ޖެހެއެވެ.

ފާއިތުވީ ދުވަސްތަކުގައި އިންޑިއާގައި ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދިޔައިރު ބޮޑަށް މި ބަލި ޖެހިފައި ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައިވާ ނުވަތަ ރަނގަޅު ވަމުން އަންނަ ފަރާތްތަކަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ބުނެފައި ވަނީ ބްލެކް ފަންގަސް އުފެދުމާ ކޮވިޑަށް ފަރުވާ ހޯދަން ކާ ބޭހާ ކޮންމެވެސް ވަރަކަށް ގުޅުން އޮންނަ ކަމަށެވެ. އަދި ހަކުރު ބައްޔަށް ބޭސްކުރާ މީހުންނަށް މި ބަލި ޖެހުމުން ނުރައްކާތެރިކަން ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!