ރާއްޖެއަށް އެންމެ ބޮޑަށް ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން: ސަލީމް

ރާއްޖެއަށް އެންމެ ބޮޑަށް ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ގައުމުގައި މިއަދު ކަންކަން ވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވައިލެއްވުމާ ގުޅިގެންނެވެ.
ސަލީމް ވިދާޅުވީ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ވެރިކަން ހޯދުމަށް ކޮންމެ ފަދަ މަސައްކަތެއް ވެސް ކޮށްފާނެކަމަށެވެ.
https://twitter.com/redwave_saleem/status/1418173905550729219?s=21
އިންޑިއާގެ ޑީއެންއޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ދެ ފަހަރު އިންތިހާބު ކާމިޔާބުކުރީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު ކަމަށެވެ. އެ މަނިކުފާނު ވަނީ ގައުމުގެ ކަންކަން ފެއިލްވެގެން ދިޔުމަށް ބޭނުން ނުވާކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން، ޓެރަރިޒަމްއާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.




.webp)
ކޮމެންޓް