Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ އެބަ ބަލަން: މޭޔަރު ނިޒާރު

އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ އެބަ ބަލަން:  މޭޔަރު ނިޒާރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާވާ މައްސަލަ ހައްލު ކުރުމަށް، އެ ސިޓީގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން އުޅޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާ މައްސަލައަށް ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އަލިއަޅުއްވައިލަމުން ނިޒާރު ވިދާޅުވީ، ޗައިނާގެ ކޮންސިއުލޭޓެއް ހުޅުވަން އެ ޤައުމުގެ އެމްބަސީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން އައްޑޫގައި ބޮޑެތި މަޝްރޫޢުތައް ކުރިޔަށް ނުގެންދާތީ އައްޑޫގައި ޗައިނާގެ ކޮންސިއުލޭޓެެއް ހުޅުވުމަށް އެޤައުމުން ޝައުގުވެރި ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، ކައުންސިލުން މަސައްކަތް ކުރަމުން ގެންދަނީ އިންޑިއާގެ އެންބަސީއެއް އައްޑޫގައި ހުޅުވުމުގެ ކުރިން އެ ސިޓީގައި އެހެން ޤައުމެއްގެ ކޮންސިއުލޭޓެއް ހުޅުވުން ކަމަށެވެ.

އިންޑިއާގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓެއް ހުޅުވަން ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކުރުމާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ކޮންސިއުލޭޓާ އެކު އިންޑިއާގެ ބާރު ރާއްޖޭގައި އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާ މެދު ސަރުކާރުން ވަކި ސްޑޭންޑެއް މިހާތަނަށް ނަންގަވައިފައެއް ނުވެއެވެ. އެހެން ނަމަވެސް ނިޒާރު ވަނީ މިކަމަށް ތާޢީދު ކުރައްވަވާ އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވައިފައެވެ.

Advertisement
Ooredoo — Square (box)

ނިޒާރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް އަޅަން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. އަދި މިކަން މައްސަލައަކަށް ހަދާ މީހުން މިކަން ކުރަނީ، އިންޑިއާ ދެކެ އަންނަ ނަފްރަތެއްގެ ސަބަބުން ކަމަށެވެ. އަދި މިއީ އިންޑިއާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާއެއްގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވަމުން ނިޒާރު ވިދާޅުވީ، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާ އެކު ދެއްކެވި ވާހަކަތަކުގައި އެކަން ކުރާނީ އެހެން ގައުމުތަކުގައި ވެސް ކަން ކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް