Wednesday, 11 November 2026
Advertisement
STO — McCoy (leaderboard)
ދިވެހި ސިނަމާ

މަޒްލޫމް: ޓްރެއިލާ ބަލައިފައި މާދަމާއަށް ކުރެވޭ އިންތިޒާރު ދެގުނައަށް އިތުރުވެއްޖެ!

މަޒްލޫމް: ޓްރެއިލާ ބަލައިފައި މާދަމާއަށް ކުރެވޭ އިންތިޒާރު ދެގުނައަށް އިތުރުވެއްޖެ!

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ނަން ހިނގާ އެއް ފިލްމު ޑިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ)ގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "މަޒްލޫމް"ގެ ފުރަތަމަ ބައި މާދަމާ ދެއްކުމަށް ހަމަޖެހިއްޖެއެވެ.

"މަޒްލޫމް"އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދައިފައިވާ ކުރު ފިލްމެކެވެ.

<img class="alignnone wp-image-105565 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/viber_image_2021-07-25_18-01-59-860-1024x576.jpg" alt="" width="1024" height="576" />

Advertisement
Ooredoo — Square (box)

"ދެން"އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި އިއްލެ ބުނީ "މަޒްލޫމް"ގެ މާނައަކީ "ވިކްޓިމް" ކަމަށާއި އެކި ޗެޕްޓާތަކަށް ބަހާލައިގެން ރިލީޒްކުރާ މި ކުރު ފިލްމު ސީރީޒްގެ ފުރަތަމަ ޗެޕްޓާގައި ކިޔައިދެނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ފުރަތަމަ ޗެޕްޓާގައި ލީޑް ރޯލުން ފެންނަނީ ނުޒުހަތު ޝުއައިބު، ވާޝިޔާ މުޙައްމަދު، އަހުމަދު އިފްނާޒް ފިޔާގު، ޝަރަފް ޢަބްދުﷲ އަދި އަހުމަދު ޝާރިފްއެވެ.

<img class="alignnone wp-image-105566 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/viber_image_2021-07-25_18-01-59-917-1024x576.jpg" alt="" width="1024" height="576" />

ބައިސްކޯފު އެޕްލިކޭޝަނުން ފެނިގެންދާނެ މި ކުރު ފިލްމު މާދަމާ ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނާ ހިއްސާ ކޮށްފައެވެ. ޓްރެއިލާ ބެލުމަށް ފަހު، ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރަމުންދަނީ މާދަމާ ރިލީޒް ކުރާ މި ފިލްމުގެ ފުރަތަމަ ޗެޕްޓާ ބަލައިލުމަށެވެ.

<img class="alignnone wp-image-105567 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/photo_2021-07-25_18-08-41-1024x768.jpg" alt="" width="1024" height="768" />

އިއްލެއަކީ 2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ބަވަތި" ފިލްމު ލިޔެ، ޕްރޮޑިއުސްކުރި ކުޅަދާނަ ޑައިރެކްޓަރެވެ. އޭގެފަހުން މިދިޔަ އަހަރު ފަހުކޮޅު އޭނާ ވަނީ "ބިރުވެރި ވާހަކަ" ސެގްމެންޓްގެ ދަށުން ވެސް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. އެއަށްފަހު އިއްލެ މިހާރު ތައްޔާރުވެފައި ވަނީ، ބައިސްކޯފުގެ ކުޑަ ސްކްރީނަށް މާދަމާ "މަޒްލޫމް" ގެނެސްދިނުމަށެވެ. މިއީ އޯޓީޓީ ޕްލެޓްފޯމަކަށް އިއްލެ އުފެއްދި ޕްރޮޖެކްޓުތަކުން ބެލުންތެރިންނާ ހަމައަށް އެންމެ ފުރަތަމަ ގެނެސްދެވޭ ކުރު ފިލްމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.