ލުބްނާންގެ ބޮޑު ވަޒީރަކަށް ބިލިޔަނަރެއް
ލުބްނާންގެ ބޮޑުވަޒީރުކަމަށް ލުބްނާންގެ ބިލިޔަނަރެއް ކަމަށްވާ ނަޖީބު މިކާތީ އައްޔަންކޮށްފިއެވެ.
ބޮޑުވަޒީރު ކަމަށް އޭނާ އައްޔަންކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ނެގުނުު ވޯޓުން 72 މެންބަރުންގެ ތާޢީދާއެކުގައެވެ. އޭނާއާ ވާދަކުރެއްވި ނަވާފު ސަލާއަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. އެހެން ނަމަވެސް ވަކި މީހަކަށް ވޯޓް ނުދެއްވާ 42 މެންބަރުން ތިއްބެވިއެވެ.
ޤާނޫނުހަދާ މަޖިލީހުގެ ރުޙުމާއެކު ލުބުނާނުގެ ރައީސް މިޝާލް ޢައޫން ވަނީ ސަރުކާރެއް އެކުލާވުލުމުގެ ޒިންމާ މީކާތީއާ ހަވާލުކުރައްވައިފައެވެ.
ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް މީޤާތީ ޢައްޔަންކޮށްފައި ވަނީ ސަޢުދުލް ޙަރީރީ އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވާލެއްވުމަށް ފާއިތުވި 8 މަސްދުވަހު ކުރެއްވި މަަސައްކަތް ނާކާމިޔާބުވުމުން އެ މަސައްކަތް ހުއްޓަވާ ލެއްވުމުންނެވެ.
ލުބްނާންގެ ސަރުކާރު ވެއްޓިފައި ވަނީ އޮގަސްޓް މަހު ބެއިރޫތްގައި ހިނގި ގޮވުމުގެ ހާދިސާގެ އަށްފަހު ބޮޑު ވަޒީރު ހަސަން ޑައިބްގެ ކެބިނެޓް އެއްކޮށް އިސްތިޢުފާ ދެއްވުމުންނެވެ. މިދިޔަ 8 މަސް ދުވަހު ލުބްނާންގައި ބޮޑު ވަޒީރަކު ނެތް ނަަމަވެސް ސަރުކާރުގެ ނިންމުންތައް ނިންމެވުމަށް އައު ސަރުކާރެއް އަންނަންދެން ހަސަން ވަނީ ކެއަރޓޭކަރއެއްގެ މަޤާމާ ހަވާލުވެ ވަޑައިގެންފައެވެ.
ލުބްނާންގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް ބިލިޔަނަރެއް އައިސްފައި މި ވަނީ މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެޤައުމު ވަރަށް ދަތި ހާލުގައިވާ ދަނޑިވަޅެއްގައެވެ.