ޚަބަރު

އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްސޭރި ޖަލަށް ވަންދަން މަސައްކަތް ކުރި މަސްތުވާތަކެތި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިސްއިން އަތުލައިގަނެފިއެވެ.

Ads by STELCO

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށް ޓަކައި އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ޖަލުގެ އޮފިސަރުން ހޯދައިފައިވާ ކަމަށެވެ. މިތަކެތި މިހާރު ފުލުހުންނާ ހަވާލު ކުރެވިފައިވާކަމަށް ވެސް އަހުމަދު ވަނީ ވިދާޅުވެފައެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެކްޓު މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި މިމަހު 29ގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް އާންމުކޮށް މީހުން މަސައްކަތް ކުރި ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ އެކި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!