ދުނިޔެ ޔޫރަޕް

ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދުމާއި ފްލައިޓް ދަތުރު ކުރުމުގެ ހުއްދަ ، ވެކްސިން ޖެހި މީހުންނަށް އެކަނި ލިބޭ ނިންމުމެއް! !

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފްރާންސްގައި ރެސްޓޯރެންޓްތަކަށް ވަދެވޭނީ އަދި ރޭލާއި މަތިންދާބޯޓުން ދަތުރު ކުރެވޭނީ ހަމައެކަނި ވެކްސިން ޖެހި މީހުންނަށް ކަމަށް ނިންމައި ޤާނޫނެއް ފާސްކޮށްފިއެވެ.

Ads by Sosun Fihaara

ފްރާންސްގެ ޤާނޫން ހަދާ މަޖިލީހުން އިއްޔެ ފާސްކުރި ޤާނޫނުގައި ބުނެފައި ވަނީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ޖެހި މީހުންނަށް އެކަނި ރެސްޓޯރެންޓްތަކަށް ވަދެވޭ ގޮތަށާއި ދަތުރުފަތުރު ކުރެވޭ ގޮތަށް ހެދުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމައިފައި ވަނީ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައިވެއެވެ.

ފްރާންސްގައި އޯގަސްޓް އެކަކުން ފެށިގެން ރެސްޓޯރެންޓްތަކަށް ވަނުމަށާއި ދަތުރުފަތުރު ކުރުމަށް ޚާއްސަ ހުއްދައެއް ބޭނުންވާނެއެވެ. އެއީ ވެކްސިން ޖެހި މީހުންނަށް ދޫކުރާ "ހެލްތް ޕާސް" އެވެ. މިކަމާ ދެކޮޅަށް އެޤައުމުގައި މިހާރުދަނީ މުޒާހަރާ ކުރަމުންނެވެ.

ސަރުކާރުގެ ތަރުޖަމާނަކު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ސަރުކާރުން އަމަލު ކުރާނީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަމަށެވެ. އަދި މިވަގުތު ފްރާންސަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިއީ ކަމަށް ވެސް ވިދާޅުވިއެވެ.

"ހެލްތު ޕާސް" ދޫކުރާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ބަލި ޖެހި 2 މަސް ނުވާ މީހުންނަށް ވެސް ވަގުތީ ފާހެއް ދޫކުރާނެއެވެ.

މިދިޔަ ޖުލައި 21އިން ފެށިގެން މިއުޒިއަމްތަކާއި، ސިނަމާ އަދި 50 މީހުންނަށް ވުރެ ގިނަ މީހުން ތިބޭ ސަގާފީ ވެނިއުތަކަށް ދިޔުމަށް އެ ޤައުމުގައި "ހެލްތު ޕާސް" ބޭނުން ކުރަން ފެށިއެވެ.

ފްރާންސްގައި ޑެލްޓާ ވޭރިއަންޓް ފެތުރެން ފަށާ ދުވާހަލަކު 19،000 އެއްހާ މީހުން ވަނީ ބައްޔަަށް ފައްސިވާން ފަށައިފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 100 އިންސައްތަ އިތުރުވުމެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފްރާންސްގެ އުމުރުން 18 އަހަރުން މަތީގެ 50 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!