Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުހަންމާ އެނބުރި ޕީޕީއެމްއަށް!

މުހަންމާ އެނބުރި ޕީޕީއެމްއަށް!

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އިދިކޮޅު މައި ޕާޓީ، ޕްރޮގްރަސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގެންފިއެވެ.

މުހަންމާ ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތީ ޕީޕީއެމްއިން މިރޭ ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ.

އިހަވަންދޫ ދާއިރާއަށް މުހަންމާ ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް އޭގެ ފަހުން އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އަދި 10 ޖުލައި 2017ގައި އެ ޕާޓީއިން ވަކިވެ ވަޑައިގަތެވެ.

Advertisement
Ooredoo — Truecaller (box)

ޕީޕީއެމްއިން ވަކިވެ ވަޑައިގަތީ، 18 ވަނަ ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތްކުރި ބަދަލުތަކަކީ އެބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށްދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑެތި ހުރަސްތަކަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރު ކަމުން ވަކިވާ ކަމަށް އޭރު ސަރުކާރުން ހުށަހެޅި އިސްލާޙެވެ. ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރު ކަމުން ވަކި ކުރި 12 މެންބަރުންގެ ތެރޭގައި މުހަންމާ ހިމެނެއެވެ.

އޭގެ ފަހުން 2018 ރިޔާސީ އިންތިޚާބުގައި މުހަންމާ ފެނިގެން ދިޔައީ ރައީސް ޔާމީންގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޖޭޕީގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް