Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދުވާފަރުގައި ހުރީ އެންމެ ޑޮކްޓަރެއް، ބަލި މީހާ ނިޔާވީ ސީ އެމްބިއުލޭންސް ލަސްވެގެން!

ދުވާފަރުގައި ހުރީ އެންމެ ޑޮކްޓަރެއް، ބަލި މީހާ ނިޔާވީ ސީ އެމްބިއުލޭންސް ލަސްވެގެން!
ރ. ދުވާފަރުގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި، ރަށު ތެރޭގައި ވަނީ އަޑުއުފުލަން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި މިއީ މަދު ދުވަސްކޮޅެއް ތެރޭގައި ދުވާފަރުން މި ބަލީގައި ނިޔާވި ހަތަރު ވަނަ މީހާއެވެ. އެ މީހާއަށް ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުވުންތަކެއް ވެފައިވާ ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ. މިކަމާ ގުޅިގެން އެ ރަށު ކައުންސިލުގެ ބަހެއް ހޯދައިލުމަށް "ދެން"އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ކައުންސިލު ރައީސް އެ ވަގުތު ވަރަށް ބިޒީކޮށް ހުންނެވުމުންނާއި ފޯނަށް ފަހުން ޖަވާބު ނުދެއްވުމުން ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ. ކައުންސިލު ނައިބު ރައީސްގެ ބަލި ހާލަތު ދަށްވެފައިވުމުންނާއި ކައުންސިލު މެމްބަރު ރަށުގައި ނެތުމުން، އެ ދެ ބޭފުޅުންގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންކަމުން "ދެން" އަށް ދެން މައުލޫމާތު ދެއްވީ ދުވާފަރު ކައުންސިލުގެ ކުރީގެ ރައީސް އިބްރާހިމް ނަސީރެވެ. ނަސީރު ވިދާޅުވީ ހަގީގަތުގައި މިހާރު ދުވާފަރު އޮތީ ވަރަށް ބިރުވެރި އަދި ނާމާން ފައްތަރެއްގައި ކަމަށެވެ. ކޮވިޑް ބަލީގައި ޖުމްލަ ހަތަރު މީހުން މިހާރު ވެސް އެ ރަށުން ނިޔާވެފައިވާއިރު، މިރޭ ނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާ ނިޔާވުމުގައި ވެސް، ދުވާފަރު ސިއްޙީ މަރުކަޒުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި ޒިންމާވާން ޖެހޭ މުއައްސަސާތަކުން ޒިންމާދާރު ވެފައި ވެސް ނެތް ކަމަށް، ކުރީގެ ކައުންސިލު ރައީސްގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ. "ދުވާފަރު ސިއްހީ މަރުކަޒުގައި ކޮވިޑްގެ ކޭސްތަކާ ގުޅިގެން އޮކްސިޖަން ލިބޭ އެއްވެސް ވަސީލަތެއް ނެތް. މި ރަށުގެ 5000 އާބާދީއެއްގައި ތިއްބަވަނީ ދެ ޑޮކްޓަރުން. އޭގެ ތެރެއިން އެއް ޑޮކްޓަރު މިވަގުތު ހުންނެވީ ކޮވިޑަށް ފައްސި ކޭސްއަކާ ގުޅިގެން ކަރަންޓީނުގައި އެކަހެރި ކުރެވިފައި. މިހާރު ހިދުމަތް ދޭން ހުރީ އެންމެ ޑޮކްޓަރެއް." ރަށުގެ ސިއްޙީ ހިދުމަތްތައް މިވަގުތު ހުރި ގޮތް ކިޔައި ދެއްވަމުން އޭނާ ވިދާޅުވިއެވެ. މިރޭ ނިޔާވި މީހާއާ ގުޅޭ ގޮތުން ނަސީރު ވިދާޅުވީ އެ މީހާ އޮތީ ސީރިއަސް ހާލަތުގައި ކަމަށާއި އެމަޖެންސީކޮށް އޭދަފުށީ ފެސިލިޓީއަށް ގެންދަން ކުރި މަސައްކަތުގައި ވެސް އިހުމާލުވިކަން ފާހަގަވި ކަމަށެވެ. "ސިއްހީ މަރުކަޒުން ހަމަޖެއްސި ސީ އެމްބިއުލޭންސް ވެސް ދިޔައީ މިދަނީ މިދަނީއޭ ކިޔަމުން. ދުވަހަކު ނުއެއް އާދެވުނު އެކަމަކު. ސީ އެމްބިއުލޭންސް ދުވާފަރަށް އައި އިރު ބަލި މީހާގެ ފުރާނަ ގޮސްފި" ނަސީރު ވިދާޅުވިއެވެ. ރަށުގެ މިހާރުގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ. މިރޭގެ މުޒާހަރާގައި ގިނަ އަަދަދެއްގެ ޒުވާނުންނާއި މެދު އުމުރުފުރައިގެ އަންހެނުންނާއި ފިރިހެނުން ވެސް ނުކުމެ، ކައުންސިލު އިދާރާ ކައިރިއަށް ގޮސް ގޮވައިލަމުން ދަނީ މުއައްސަސާތަކުން އިސްތިއުފާ ދެއްވުމަށާއި ޖަވާބު ދާރީވުމަށެވެ. "މި ހިނގައި ދިޔަ ކަންތައްތަކުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ މައުލޫމާތެއް، ދުވާފަރުގައި އެކުލަވާލެވިފައިވާ ޓާސްކް ފޯހުން އޮޅުންފިލުވައެއް ނުދެއްވައި. މިރޭ އެ އަންހެން މީހާ ނިޔާވި ފަހުން، ކޮވިޑަށް ފަރުވާ ހޯދަމުންދާ ހައި ރިސްކު ފިރިހެނަކު ވަނީ ސިއްޙީ މަރުކަޒަށް ގެންގޮސްފައި. އޭނަގެ ހާލު ވެސް ސީރިއަސް. ރަށުތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ހޯމް ކަރަންޓީނުގައި އެބަތިބި. ކަރަންޓީނުގައި ތިބި ފަރާތްތައް ހާލަތު ގޯސްވެ، ބޮލަށް އެނބުރުން އަރައި، މިކަހަލަ ކަންތައްތައްވާ ވާހަކަ ހެލްތު ސެންޓަރަށް ގުޅާފައި ބުނުމުން މިއަދާ ހަމައަށް 95% މީހުންނަށް ވެސް އެމީހުންނަށް ވަނީ ބޭސް ވެސް ނުދެވިފަ. އިހުމާލު ވެފައި ވަނީ ވަރަށް ބޮޑަށް. އެމީހުންގެ ހާލު ބަލައި، އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ނެތް ކުރެވިފައެއް" ނަސީރު ވިދާޅުވިއެވެ. ޓާސްކް ފޯސް ވަނީ ކަފުންކޮށް ވަޅުލެވިފައި ކަމަށާއި ޓާސްކް ފޯސް އެކުލެވިފައި ވަނީ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދުވާފަރު ކައުންސިލު އިދާރާގެ ބޭފުޅުން ހިމެނޭ ގޮތުން ކަމަށް ވާއިރުވެސް ރަށް މޮނީޓަރިންގަށް ލީ ހިސާބުން ފެށިގެން އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކުރެވިފައެއް ނެތްކަން ނަސީރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައްޔިތުން އަރާ ތިބީ ރަތަށް. ރައްޔިތުން ގޮވައިލަމުން ދަނީ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް
ދުވާފަރުގެ ސިއްޙީ ހިދުމަތްތައް މިހާރު ވަރަށް ދެރަކަމަށް ވެސް ކުރީގެ ކައުންސިލުން ވަނީ ފާހަގަ ކުރައްވައިފައެވެ. ސިއްހީ ހާލަތު އޮތީ އެއްކޮށް ގޯސްވެ، ފެއިލް ވެފައި ކަމަށް ދުވާފަރުގެ ކުރީގެ ކައުންސިލު ރައީސް ފާހަގަ ކުރައްވަމުން ވިދާޅުވީ، އެ ރަށުގެ ސިއްހީ މަރުކަޒުން މިހާރު ޕެނެޑޯލް ގުޅައެއް ވެސް ލިބެން ނެތް ކަމަށެވެ.
ދުވާފަރު ކައުންސިލު އޮތީ ހަނު، ޓާސްކް ފޯސް އޮތީ ހަނު
ދުވާފަރުގެ ކުރީގެ ކައުންސިލު ރައީސްގެ ހައިސިއްޔަތުންނާއި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ނަސީރު އެދިލައްވައިފައި ވަނީ މިފަދަ އިހުމާލުވުންތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައިދީ މިކަންކަމަށް ހައްލެއް ގެނެސް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް