Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަރަދޫ ސިއްޙީ މަރުކަޒު ބަންދުކޮށްފި

މަރަދޫ ސިއްޙީ މަރުކަޒު ބަންދުކޮށްފި

އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ސ. މަރަދޫ ސިއްހީ މަރުކަޒު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަަށް މަރަދޫ ސިއްޙީ މަރުކަޒު ބަންދު ކޮށްފައިވާއިރު، މަރުކަޒު ދެން ހުޅުވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މަރަދޫ ސިއްޙީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ ރަށު ސިއްޙީ މަރުކަޒު ބަންދުކުރަން ނިންމައިފައި ވަނީ ބައްޔަށް ފައްސިވި މީހާއާ އެރަށު ހޮސްޕިޓަލުގެ ބައެއް މުވައްޒިފުންނާ އެއްތާވެފައި ވާތީ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ހޮސްޕިޓަލުން އިތުރަށް ބުނެފައި ވަނީ އެރަށުން މީހަކު ބަލި ވެގެން ފަރުވާ ހޯދަން ބޭނުން ނަމަ އެންމެ ކައިރި ސިއްހީ މަރުކަޒަކަށް ދިއުމަށް އެދޭ ކަމަށެވެ. އަދި އެތަނުގެ މުވައްޒަފުން ކޮވިޑް ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުން އަލުން ހިދުމަތްތައް ދޭން ފަށާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު މަރަދޫގައި މިވަގުތު 19 މީހަކު ބަލިޖެހިފައި އެބަތިއްބެވެ.

އައްޑޫ ސިޓީގައި މިހާރު ހަރަކާތްތެރި 26 ވޭދަނަ އުޅޭއިރު، ދެ މަސް ވާންދެން ބަންދުކުރުމަށް ފަހު އައްޑޫ އަލުން ހުޅުވައިލީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް