ދުނިޔެ

ތައިލޭންޑަށް އެމެރިކާއިން ވެކްސިން ފޯރުކޮށްދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އަށް ގިނަބަޔަކު ފައްސިވަމުންދާ ތައިލޭންޑަށް އެމެރިކާއިން ވެކްސިން ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

ތައިލޭންޑުގައި ވެކްސިން ފުރިހަމަކޮށްފައި ވަނީ 66 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 5.6 އިންސައްތަ މީހުންނެވެ. އެ ގައުމުގައި ބޭނުން ކުރަނީ އެސްޓުރެޒެނެކާ ވެކްސިންނާއި ޗައިނާއިން އުފައްދައިފައިވާ ސިނޮވެކް ވެކްސިނެވެ.

މިހައިތަނަށް ތައިލޭންޑަށް ވެކްސިން ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ޗައިނާއިން ވަނީ ސިނޮވެކުގެ 1 މިލިޔަން ޑޯޒު ތައިލޭންޑަށް ދީފައެވެ. އަދި ޖަޕާނުން ވަނީ އެސްޓުރެޒެނެކާ ވެކްސިންގެ އެއް މިލިޔަން ޑޯޒު ތައިލެންޑަށް ހަދިޔާ ކޮށްފައެވެ.

ތައިލެންޑުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުން 18،912 މީހުން ވަނީ އަލަށް ފައްސިވެފައެވެ. މިއާއެކު އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 597،278އެވެ. އެ ގައުމުން މިހައިތަނަށް 4،857 މީހުން ބަލީގައި ވަނީ މަރުވެފައެވެ. އަދި ބަލި ޖެހި 391،920 މީހުން ބަލިން ފަސޭހަވެފައިވެއެވެ.

އެ ޤައުމުގައި މިހާރު ފެތުރެނީ ކޮވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!