އާމާލް ކްލޫނީ ބަނޑުބޮޑު ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނާގެ ފިރިމީހާ ދޮގުކޮށްފި

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ވަކީލު އާމާލް ކުލޫނީ ބަނޑު ބޮޑުކަމަށް ފެތުރެމުންދާ ވާހަކަތައް އޭނަގެ ފިރިމީހާ އަދި ހޮލީވުޑްގެ އެކްޓަރ ޖޯޖް ކްލޫނީ ދޮގު ކޮށްފިއެވެ.
އުމުރުން 60 އަހަރުގެ ޖޯޖްއާއި 43 އަހަރުގެ އާމާލް ކްލޫނީ ކައިވެނި ކުރީ 2014 ވަނަ އަހަރު ވެނިސް ގައެވެ. އަދި އެ ދެމަފިރިންގެ އެއްމާބަނޑު ދެ ދަރިން ކަމަށްވާ އެލާ އާއި އެލެކްޒެންޑާއަށް މިހާރު ހަތަރު އަހަރެވެ.
އާމާލް އިނީ ތިންވަނަ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ވާހަކަ ފެތުރިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެމީހުން ބޭއްވި ކުޑަ ޕާޓީއެއްގެ ސަބަބުންނެވެ. އެގޮތުން އާއިލާގެ ގާތް ބަޔަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ ޕާޓީއަކީ އެ ދެމަފިރިންގެ އާއިލާއަށް އިތުރު މެމްބަރަކު އަންނަން އުޅޭތީ އެކަމުގެ އުފަލުގައި ބޭއްވި ޕާޓީއެއް ކަމަށެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު، ރިޕްރެޒެންޓެޓިވްއެއް މެދުވެރިކޮށް މީޑިއާތަކަށް މައުލޫމާތު ދެމުން ޖޯޖް ކްލޫނީ ބުނީ، އާމާލް އިނީ ބަލިވެ ނޫން ކަމަށާއި އެ ދެމަފިރިން ތިންވަނަ ދަރިއަކު ހޯދަން އަދި ނުވިސްނާ ކަމަށެވެ.
އާމާލްއާއި ޖޯޖް އެމީހުންގެ ދަރިންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު މެންދުރުގެ ވަގުތެއްގައި އާއިލީ ވަގުތުކޮޅެއް ހޭދަ ކުރި ފޮޓޯތަކެއް ވެސް މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ، އާމާލް އިނީ ބަލިވެކަން އެ ފޮޓޯތަކުން ވެސް ހާމަވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.