އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19އަށް ފައްސިވުމުން، ރ. އުނގޫފާރު އަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
އުނގޫފާރު މޮނީޓަރިންގަށް ލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް އިއުލާނު ކުރައްވާފައެވެ.
އުނގޫފާރު ކައުންސިލުގެ ނައިބު ރައީސް ޔޫޝާއު ނަސީމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުން ކޮވިޑަށް ފައްސި ވެފައިވަނީ ކަރަންޓީނުގައި ނެތް މީހެއް ކަމަށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި އުނގޫފާރުން ފައްސި ވެފައިވަނީ އެ ރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ. އޭނާ ފައްސިކަން އެނގުނީ އަލާމާތްތަށް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.