ދިވެހި ސިނަމާ

ފިލްމީ ތަރިންނަކީ ގޭތެރޭ ކަންކަން ކުރަން ނުދަންނަ ބައެއް ނޫންކަން މުއާ އަނެއްކާ ވެސް ސާބިތު ކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމީ ތަރިންނާ ބެހޭގޮތުން ގިނަ މީހުން ދެކޭ ގޮތް ވަރަށް ވެސް ތަފާތެވެ. ބައެއް މީހުން ދެކޭ ގޮތުގައި ފިލްމީ ތަރިންނަކީ ވަރަށް ޝާހީ ދިރިއުޅުމެއްގައި އުޅެން ލޯބިކުރާ، ގޭތެރޭގެ ކަންކަމާ ދުރު ބައެކެވެ. ގޭތެރެ ކުނި ކަހައިލުމާއި ވެއްޓިފައި އޮންނަ ކަރުދާސް ކޮޅެއް ނަގައިލުން ފަދަ ކުދިކުދި ކަންކަން ވެސް ފިލްމީ ތަރިއެއް ނަމަ ނުކުރެވޭނެ ކަމަށް ގިނަ މީހުން ޤަބޫލު ކުރެއެވެ.

މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަންނާނުންނާ ބެހޭ ގޮތުން ވެސް ބައެއް މީހުން ދެކޭ ގޮތެވެ. އަދި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މި ފަދަ ފާޑު ކިޔުމާއި މަލާމާތުގެ ބަސްތައް ރައްދު ކުރުން އިންތިހާއަށް ބޮޑެވެ.

ނަމަވެސް މި ފަދަ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ހާމަ ކޮށްދޭ އެއް ފަންނާނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ އެކްޓަރ، ޑިރެކްޓަރ އަދި ޕްރޮޑިއުސަރ ޢަބްދުﷲ މުއާޒް (މުއާ) އެވެ.

ކުޅަދާނަ ފިލްމީ ތަރި މަރިޔަމް އައްޒައާ މިހާރު ކައިވެނި ކޮށްގެން އުޅޭ މުއާ، ގޭތެރޭގެ އެކިއެކި މަސައްކަތްތަށް ކުރާކަމީ އައު ވާހަކައެއް ނޫނެވެ. އެ ގޮތުން ލޯބިވާ އަނބިމީހާއަށް މީރުކޮށް ކުކުޅު ގަރުދިޔަ ކައްކައި ދިނުމާއި، ދިރިއުޅޭ ގެއާއި ކޮޓަރި ރީތި ގޮތްތަކަށް ތައްޔާރުކުރުން ހިމެނެއެވެ.

މިއަދު ވެސް މިވަނީ މުއާ އެފަދަ ގެވެށި މަސައްކަތެއް ކުރި މަންޒަރު ފެނިފައެވެ. އޭނާގެ އުފަން ރަށް ނ. ވެލިދޫގައި މިދުވަސްކޮޅު ޗުއްޓީ ހޭދަ ކުރަމުންދާއިރު މިއަދު މީސް މީޑިއާއަށް އޭނާ ދޫކޮށްލި ފޮޓޯއާއި އެ ފޮޓޯގެ ކެޕްޝަން ވެސް އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ.

އެ ފޮޓޯއިން ފެންނަނީ މުއާ މަސް ކަނޑަން އިންދައެވެ. ފަހަތުން ޖޯއްޔެއްގައި އުމުރުން ދުވަސްވީ ފިރިހެނަކު ފަޚުރުވެރިކަމާ އެކު މުއާއާ ދިމާލަށް ބަލަން އޮތް ތަން ވެސް ފެނެއެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ދިރިއުޅުމެއްގައި ކޮންމެހެން ކުރަން ޖެހޭ ނިކަން ގިނަ ގުނަ ކަންކަން ބައްޕަ ދަސްކޮށްދިން." މިހެންނެވެ.

ފޮޓޯއާއި ކެޕްޝަން ދިމާވުމާއި، އެ މެސެޖުގެ ފުރިހަމަ ކަމުން ވެސް މުއާއަށް ބައެއް މީހުން ތައުރީފު ކޮށްފައިވެއެވެ.

  1. ޒަކަރިޔަ

    މުއާ އެހެރީ ފައި ބާލާފަތަ؟

    • ޖޯޖޯ

      ވެކްސް ކޮއްފަ ކަމަށް ތިޔަވާނީ

  2. ސޮލާ

    މުއާ ނޫނަސް ތިކަހަލަ ކަންކަން އެބަކުރޭ ބައިވަރުމީހުން

  3. ރަށްވެއްސެއް

    މުޢާޒަށް ހިދާޔަތު ދައްކަވާށި، ﷲ ދެއްވި ގިނަ ހުނަރު ތަކުގެ ތެރެއިން އެކަލާންގެ ނުރުއްސަވާނެ މަގު ޚިޔާރުކޮށްގެން ލިބޭ އާމްދަނީ ވީމަ.