ޚަބަރު

ވަޒީފާއިން ވަކި ކުރީ ސަސްޕެންޑް ކޮށްފައި، ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ކުރިން ދިން: އިސްލާމް ޓީޗަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)އަށް މަރަން ގޮވައިލި ކަމަށް ބުނެ ސަސްޕެންޑް ކުރި ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް އަލީ ވަޒީފާއިން ވަކި ކުރީ ބޭއިންސާފުން ކަމަށް އޭނާ ބުނެފިއެވެ.

Ads by MWSC

މި މައްސަލަ ހިނގައި ދިޔަ ގޮތް "ދެން"އަށް ކިޔައިދެމުން އަޝްރަފް ބުނީ އޭނާ އިއްޔެ ވަޒީފާއިން ވަކި ކޮށްފައި ވަނީ ބޭ އިންސާފުން ކަމަށާއި އޭނާގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން  އެޑިއުކޭޝަން މިނިސްޓްރީން ކުރީން ދިން ކަމަށެވެ.

"އަޅުގަނޑު ޖެހި އޮރިޖިނަލް ޕޯސްޓުގެ ސްކްރީންޝޮޓެއް ނަގައިފައި އިނީ. އެ ޕޯސްޓުގައި އަޅުގަނޑަށް ޖެހިފަައި އިންނާނީ މުރުތައްދުވީމަ މަރާލަން ޖެހޭ ވާހަކަ. އެ އިބާރާތް އިން ގޮތުން އަޅުގަނޑު ފަހުން ވާނީ އެ ޕޯސްޓު އެޑިޓް ކޮށްފައި ނަމަވެސް އެ އިރު ބަޔަކު އޭގެ އޮރިޖިނަލް ޕޯސްޓުގެ ސްކްރީންޝޮޓެއް ނަގާފަައި ހުރީ" އަޝްރަފް ކިޔަައިދިނެވެ.

އަޝްރަފް ވިދާޅުވީ އެ ޕޯސްޓު ޖެހީ އޭޕްރިލް މަހުގެ 16ގައި ކަމަށާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއާ ހަމައަށް ގެންދިޔަ ކަމަށާއި އެއަށް ފަހު ސްކޫލްގެ ޕްރިންސިޕަލް ބައްދަލު ކުރައްވާ އަނގަ ބަހުން ނަސޭހަތް ދިނުމަށް ފަހު އެ މައްސަލަ އެއިރު ނިމިފައިވާ ކަމަށެވެ.

ހިނދިފައި އޮތް މި މައްސަލަ އަލުން ފެންމަތިވީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ދިން ހަމަލާއަށް ފަހު ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އޭގެ ފަހުން 8 މެއި ވީ ހޮނިހިރު ދުވަހު ޓްވިޓާގައި ވަރަށް ބޮޑަށް އެ މައްސަލަ އަލުން ދައުރުވި. އަޅުގަނޑު ފުރަތަމަ ޕޯސްޓު ކުރި ސްޓޭޓަސްގެ ސްކްރީންޝޮޓް އަލުން ދައުރުވާން ފެށީ. އެ މައްސަލަ އަނެއްކާ ވެސް ފެންމަތިވުމާ ގުޅިގެން ސިޔާސީ މައްސަލައެއް ގޮތަށް ބަދަލުވެ ސަސްޕެންޑު ކުރީ." އަޝްރަފް ކިޔައިދިނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!