Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

15 އަހަރަށް ފަހު ވ.ތިނަދުއަށް ދިރުމެއް، ސުކޫލުގައި އަލުން ކިޔަވައިދޭން ފަށަނީ

15 އަހަރަށް ފަހު ވ.ތިނަދުއަށް ދިރުމެއް، ސުކޫލުގައި އަލުން ކިޔަވައިދޭން ފަށަނީ

15 އަހަރުގެ ބޮޑު މެދުކެނޑުމަކަށް ފަހު ވ. ތިނަދޫގައި އަލުން ކިޔައިދޭން ފެށުމަކީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ރަށަށް ލިބިގެން ދިޔަ ދިރުމެއްކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ޝިފާގު ވިދާޅުވީ މިވަގުތު ސުކޫލުގެ އަޕްގްރޭޑިން މަސައްކަތް ކުރިއަށް ދާތީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ސުކޫލުގެ އަޕްގްރޭޑިން މަސައްކަތް ނުނިމޭނެ ކަމަށާއި އެހެންކަމުން ސުކޫލުގެ މަސައްކަތް ނިމެންދެން އެރަށު ކުދިން ކިޔަވަން ދާނީ ފެލިދޫ ސުކޫލަށް ކަމަށެވެ.

"ސުކޫލުގެ އަޕް ގްރޭޑިން މަސައްކަތް ކުރިއަށްދާތީ މަސައްކަތް ނިމެންދެން ކުދިން ދާނީ ކައިރީގައި މިއޮތް ފެލިދޫ ސުކޫލަށް ފެރީގަ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދަނީ ފެރީ ހޯދުމުގެ މަސައްކަތް ކުރަމުން. ސެޕްޓެމްބަރު ފަހު ކޮޅު ނޫނީ ނޮވެމްބަރު ކުރީކޮޅު މިރަށު ސުކޫލުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް މިބަލަނީ" ޝިފާގް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

[caption id="attachment_107458" align="alignnone" width="690"]<img class="size-large wp-image-107458" src="https://cdn.dhen.mv/wp-content/uploads/2021/08/v.-thinadhoo-1024x576.jpg" alt="" width="690" height="388" /> ވ.ތިނަދޫ ސުކޫލުގެ އަޕްގްރޭޑިން މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް[/caption]

ޝިފާގް ވިދާޅުވީ މިއީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ރަށަށް ލިބިގެން ދިޔަ ދިރުމެއް ކަމަށެވެ. އަދި މި ވަގުތު ރަށުގެ އާބާދީ ކުޑަ ނަމަވެސް ކިޔަވައިދޭން ފެށުމުން އާބާދީ ބޮޑުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އިތުރު ކުރިއެރުންތައް ވެސް ރަށަށް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މިވަގުތު ސުކޫލުގައި ތިބީ 2 ޓީޗަރުންނާއި އެޑްމިން މުވައްޒަފެއް. ދެން ކިޔަވައިދޭނީ މާލޭގެ ސުކޫލުތަކުގެ ޓީޗަރުން އޮންލައިންކޮށް. އެއީ ސެޓްލައިޓް ސުކޫލު ސިސްޓަމްގެ ދަށުން. ދެން މިވަގުތު ސުކޫލުގެ ކަންކަން ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ބަލާނީ ފެލިދޫ ޕްރިންސިޕަލް. އެހެންވީމަ އުއްމީދު ކުރަނީ މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށް" ޝިފާގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ ސަރުކާރަކުން ވ.ތިނަދޫއަށް އިހުމާލުވެފައިވަނިކޮށް މިސަރުކާރުން އައިސް އެރަށަށް ހުރިހާ ކަމެއްވެސް ކޮށްދެއްވަމުންދާ ކަމަށެވެ. މިގޮތުން ސިއްހީ ހިދުމަށް ފަށާފައިވާ ކަމަށާއި ނަރުދަމާގެ ކަންކަން ވެސް ކުރިއަށް ދާކަމަށެވެ. އަދި މީގެ އިތުރުން ރަށުގެ ބަނދަރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް