Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

12 އަހަރުން މަތީގެ ކުދިންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށަނީ

12 އަހަރުން މަތީގެ ކުދިންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށަނީ

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 12 އަހަރުން މަތީގެ ކުޑަކުދިންނަށް ރާއްޖޭގައި ދޭން ނިންމައިފައި ވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އެ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފައިޒާ ވެކްސިން ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށާއި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވުމުން ވެކްސިން ފުރިހަމަ ނުކުރެވި ތިބި މީހުނަށާއި އެއްވެސް ވެކްސިންއެއް ނުޖަހާ ތިބި މާބަނޑު މީހުންނަށާއި ހަށިގަނޑުގައި ދިފާއީ ނިޒާމް ދެރަވާ ފަދަ ބައްޔަކަށް ބޭސްކުރާ މީހުންނަށާއި ރާއްޖެއިން ބޭރުގައި ފައިޒާ ވެކްސިން ޖަހައިފައި ތިބި ދިވެހިންނަށާއި ބޭރަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން ފައިޒާ ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމުތަކަށް ދާ ދަރިވަރުންނަށެވެ.

Advertisement
Allied Insurance — Square (box)

ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންކަން ސްކޫލް ދަރިވަރުންނަށް ކުރިޔަށް ގެންދާނީ ސްކޫލްތައް މެދުވެރިކޮށް ކަމަށާއި މިހާރު އެޗްއީއޯސީން ދަނީ ވެކްސިން ޖަހާ ކުދިންގެ އަދަދު ދެނެގަންނަން މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރަމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް