Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަހްލޫފްގެ ދިފާޢުގައި ވިސާމް: ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އަނެކާ ކަތިލެވިގެން ނުވާނެ!

މަހްލޫފްގެ ދިފާޢުގައި ވިސާމް: ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އަނެކާ ކަތިލެވިގެން ނުވާނެ!

މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަހްލޫފްއާމެދު ކަންތައް ކުރަމުން އަންނަނީ ވަރަށް ޒާތީކޮށް ކަމަށާއި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އަނެކާ ކަތިލެވިގެން ނުވާނެ ކަމަށް ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ވިސާމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ މިނިސްޓަރު މަހްލޫފަށް ލިބުނުކަމަށް ކުރެވޭ ތުހުމަތުގައި، މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި އެދިފައިވުމާ ގުޅިގެންނެވެ.

ވިސާމް ވިދާޅުވީ މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް ފެންނަމުންދާކަމަށާއި ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެކަމަށެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/mohamedwisaam/status/1425041480167550980?s=21

ޕީޖީ އޮފީހުގައި އޮތް މަހުލޫފްގެ މައްސަލައާ ގުޅޭގޮތުން މަހްލޫފު ރޭ ވިދާޅުވީ ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދޭން ކަމަށެވެ. އެހެންނަމަވެސް މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިން ކަންކަން ދިޔުމާ ގުޅިގެން ދެން އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެ ކަމަށެވެ.

އަދި ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ގެންގުޅުއްވާ އުސޫލުތަކާ އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މަގާމުގަ ދެމިނުހުންނާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް