Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޟްވާނުގެ އާއިލާއިން އުމަރު ގޮވައިގެން ކޯޓަށް ދަނީ

ރިޟްވާނުގެ އާއިލާއިން އުމަރު ގޮވައިގެން ކޯޓަށް ދަނީ

ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނަކީ، ހަރުކަށި ޖަމާއަތަކާ އެކުގައި ބޮލުގައި ފޮށާ އޮޅައިގެން، ފައިކުރި ކުރުކޮށް ތުނބުޅި ދިގުކޮށްގެން އުޅުނު މީހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވުމުން، އުމަރާ ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ރިޟްވާންގެ ޢާއިލާއިން ވިދާޅުވެއްޖެއެވެ.

ސަންގް ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރިޕޯޓަރަކަށްވުމުގެ ކުރީގައި ރިޟްވާނަކީ ހަރުކަށި ފިކުރެއް ކަމަށްވާ ޑޮޓް ޖަމިއްޔާގެ މީހުންނާ އެކު އުޅުނު މީހެއް ކަމަށެވެ.

"ރިޟްވާނަކީ ރިޕޯޓަރަކަށް ވުމުގެ ކުރީގައި ރާއްޖޭގައި ހަރުކަށި ފިކުރުކަމަށް ޤަބޫލު ކުރެވޭ ޑޮޓް ޖަމިއްޔާގައި މަސައްކަތް ކުރި ކުއްޖެއް. ޑޮޓް ޖަމިއްޔާގައި ތުނބުޅި ދިގުކޮށްގެން ބޮލުގައި ފޮށާ އޮޅައިގެން އުޅުނު ކުއްޖެއް ރިޟްވާނަކީ. މިކަން ފަހަރެއްގައި މީހުންނަށް ނޭނގިދާނެ. މިހެން އުޅެފަ ރިޟްވާން އެމީހުންގެ ތެރެއިން ވަކިވެގެން ދެން ދިޔައީ މިނިވަން ނޫހަށް. ގޮސްފައި ސެކިއުލަރ ވިސްނުމުގައި އެ މީހުންނާ ދިމާކޮށްފައި ވާހަކަ ދައްކާ ހަދަން ފެށީ. އޭގެ ސަބަބުން އެ ދެބައި ދޭތެރޭގައި ކޯޅުމެއް އައީ." އުމަރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"ދެން"އަށް މަޢުލޫމާތު ދެމުން ރިޟްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ބުނެފައި ވަނީ، ހަރުކަށި ފިކުރުގެ މީހުންނާ އެކު ރިޟްވާން އުޅެފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށެވެ. އަދި އެ މީހުންނާ އެކު ދެތިން މަސް ދުވަހު ވެސް ނޫޅޭ ކަމަށާއި ފަގުޑި އޮޅައިގެން އުޅުނު ކަމަށް ބުނެ އުމަރު ދައްކައިފަ އިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އޭނަ ބޭނުންހާ އެއްޗެއް ނުކިޔޭނެ ދޯ، ކިތަންމެ ނިކަމެތި ބަޔަކަސް މިއީކީއެއް. އޭނަ އަދި ކިތަންމެ ފެންވަރު މައްޗަސް. ދޮގު ވާހަކައެއް ނުދެއްކޭނެ. ކުރި ކަމެއްގެ ވާހަކަ ދެއްކިޔަސް އެކަމަކާ ނުބެހޭނަން. އެކަމަކު އޭނާ ނުކުރާކަމެއްގެ ވާހަކަ ދައްކައިގެން، އެންމެންގެ ތެރޭގައި، އެ ކުއްޖާ ދުނިޔޭގައި ހުރި ކަމެއް ނެތް ކަމެއް އިންސާނަކަށް އެނގެނީއެއް ނޫން. ދެން ކީއްކުރަން ފާޑުފާޑުގެ ދޮގު ވާހަކަ ދައްކަންވީއެއް." ޝެހެނާޒް ވިދާޅުވިއެވެ.

ރިޟްވާން ގެއްލުނުތާ މިހާރު 7 އަހަރު ވެފައިވާއިރު، ގެއްލިފައިވާ މީހުންނާއި މަރައިލެވިފައިވާ މީހުންގެ މައްސަލަ ތަޙްޤީޤް ކުރަން ރައީސް ޞާލިޙް އުފެއްދެވި މަރު ކޮމިޝަނަށް ވެސް ރިޟްވާންގެ މައްސަލައިގައި ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް