Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދިވެހި ސިނަމާ

ދެން ބުރުގާ އަޅައިފިއްޔާ ނުބާލާނަން: ޝިފާ

ދެން ބުރުގާ އަޅައިފިއްޔާ ނުބާލާނަން: ޝިފާ

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ސްޓާ އަދި އެކްޓު ކުރުމަށް ވެސް އެހާމެ ކުޅަދާނަ މަރިޔަމް ޝިފާއަކީ ދުވަސްކޮޅުކޮޅުން ޚަބަރުތަކުގެ ފަލަ ސުރުޙީއަށް އަރާ ފަންނާނެކެވެ.

އެގޮތުން މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ އޭނާގެ ބުރުގާގެ ވާހަކައެވެ.

ކުރިން ބުރުގާ އަޅައިގެން އުޅުމަށް ފަހު އެ ބާލައިގެން ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު، ޝިފާ ވަނީ މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ބުރުގާ އަޅައިފައެވެ. އޭނާ ބުނީ ބުރުގާ އެޅީ އޭނާގެ މަންމައަށް ކުރި ޕްރޮމިސްއެއްގައި ހިފަހައްޓަން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް ރޭ ޝިފާ ވަނީ، އޭނާ އަނެއްކާ ބުރުގާ ބާލައިފައިވާކަން އެންމެންނަށް ހާމަކޮށްފައެވެ.

ޝިފާ ގެނެސްދޭ ޕްރޮގްރާމަކަށް ގުޅި މީހަކު ކުރި ސުވާލަށް ޖަވާބު ދެމުން އޭނަ ބުނީ ބުރުގާ ބޭލީ "ދާއީމީކޮށް ބުރުގާ ނުނަގާ ގޮތަށް އަޅަން، ނޫނީ ބުރުގާ ނާޅަން" ކަމަށެވެ.

މިފަހަރު ބުރުގާ އެޅިއިރު "ދެން"އިން ސުވާލު ކުރުމުން ޝިފާ ބުނީ ދެން ބުރުގާ ނުބާލާނެ ކަމަށެވެ. އެކަމަކު މިރޭ އޭނާގެ ޕްރޮގްރާމުގައި ބުނީ ބުރުގާ ނުބާލާނެ ކަމަށް ނުބުނާ ކަމަށެވެ.

"ޝިފާ އިންޓަވިއުއެއްގައި ވެސް ބުނެފައި އިންނާނެ އޭރު ވެސް ޝިފާ ޓްރައި ކުރާނަމޭ ޝިފާއަށްވީ އެންމެ ބޮޑަކަށް ނުނަގާވޭތޯ އެއީ އޭރު ވެސް ޔަގީނެއްނޫން ޝިފާއަކަށް ނުނަގާނެ ކަމެއް އެހެންވެ ނުބުނީ އެހެން. ނުނަގާނަމެކޭ ނުބުނަން ޝިފާ އިންޓަވިއުއެއްގައި ވެސް ބުނެފައި އިންނާނެ ބުރުގާ އެއްވެސް މީހަކު ވެސް އަޅަނީކީ ނަގާކަށް ނޫނޭ އެއްވެސް މީހެއް ނަގާކަށް ނޫން އަޅާނީކީއެއް އެ ނިޔަތުގަ އެއްވެސް ނޫން އެކަމަށް ކުރާ މަލާމާތުގެ ގޮތެއްގައި ވެސް ނޫން ނުވަތަ މީހަކަށް ހަޑި ނަމެއް ދޭކަށް ވެސް ނޫން" އެ ޝޯގައި ޝިފާ ބުންޏެވެ.

ޝިފާ އިތުރަށް ބުނީ ބުރުގާ ބޭލީތީ ވަރަށް ގިނަ މީހުން ހިތްހަމަ ނުޖެހޭކަން ވެސް އެނގޭ ކަމަށާއި އެހެން ނަމަވެސް ކޮންމެ ވެސް ދުވަހަކުން އެ ހިތް ވެސް ބަދަލުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް