ކާށިދޫ ފަޅޯ ދަނޑަކަށް ބޮޑު ގެއްލުމެއް!

ކ.ކާށިދޫގައި ފަޅޯ ދަނޑަކަށް ގެއްލުން ދީފިއެވެ.
ކާށިދޫން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ގެއްލުންދީފައި ވަނީ ފަޅޯ އަރާ ބަރާވެފައި ވަނިކޮށް ކަމަށާއި 115 ގަސް ކަނޑައިލައިފައިވާ ކަމަށެވެ. އަދި 10 ވަރަކަށް ޓަނުގެ ފަޅޯ ކަނޑައިލި ކަމަށާއި ބޮޑު ގެއްލުމެއް ލިބުނު ކަމަށް ވެސް މަޢުލޫމާތު ދިނެވެ.
މީގެ ކުރިން ވެސް ކާށިދޫގައި ވަނީ މިފަދަ ހާދިސާތަކެއް ހިނގައިފައެވެ. ނަމަވެސް މިހައިތަނަށް މި މައްސަލަ ހައްލުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅޯ ގަސްތައް ކަނޑައިލައިފައި ވަނީ ބޮޑުވަޅިއެއް ކަހަލަ ތޫނު އެއްޗަކުންނެވެ. އަދި މި ގަސްތައް ކަނޑާ ބިމާ ހަމަކޮށްފައިވެއެވެ.